ރާއްޖޭގެ ސުކޫލުތަކުގެ ކްރިކެޓް ޓީމުތަކަށް އިންޑިއާގެ ފަރާތުން ޖާޒީ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ ކްރިކެޓް ޓީމުތަކުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފައިވަނީ، މިއަދު ހެނދުނު މާލެ ކްރިކެޓް އިންޑޯ ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑީއާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ސަންޖޭ ސުންދީިރު އެވެ. އިންޑީއާގެ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ކްރިކެޓް ޓީމުތަކަށް ޖާޒީ ހަވާލުކޮށްފައި ވާއިރު، މިއަހަރު ތެރޭގައި ރާއްޖޭގެ ސުކޫލުތަކުގައި އުފެދިފައިވާ ކްރިކެޓް ޓީމުތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

ކްރިކެޓް ޓީމުތަކަށް ޖާޒީ ހަވާލުކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ، ޑރ. އައިޝަތު އަލީ ވިދާޅުވީ، ރާއްޖޭގެ ސުކޫލުތަކުންވެސް ކުރިމަގުގައި ކްރިކެޓްގެ ބޮޑެތި ބައިނަލްއަގްވާމީ މުބާރާތްތަކުން ފެނިގެން ދާނެ ކަމަށެވެ. އެގޮތުން އައިޕީއެލް ފަދަ ބޮޑެތި ކްރިކެޓް މުބަރާތްތަކުން ރާއްޖޭގެ ދަރިވަރުން ފެނިގެން ދާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.