ލަންކާގެ ސިފައިން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ދިވެހިންގެ ތެރެއިން މިވަގުތު ހައްޔަރުގައި ތިބީ އަށް މީހަކު ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ޖަޒީރާ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލަންކާގެ ސިފައިން މިހާރު ހިންގާ އޮޕަރޭޝަންގައި ހައްޔަރުކުރި 13 ދިވެހީންގެ ތެރެއިން މިހާރު ބަންދުގައި ތިބީ އަށް ދިވެހިން ކަމަށެވެ.
ހައްޔަރުގައި ތިބީ ހައްޔަރު ކުރުމަށް ފަހު ކޯޓުން ބަންދުގެ މުއްދަތު ޖަހައިދިން ފަސް މީހަކާއި އަދި ކޯޓްގެ މުއްދަތަށް ހާޒިރު ނުކޮށް ފުލުހުންގެ ބަންދުގައި ތިބި ތިން ދިވެއްސެއް ކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ލަންކާގައި ހައްޔަރުކުރެވޭ ދިވެހިންގެ ކަންކަން އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.