ނިމިދިޔަ 2019 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވޯޓުލީ މާމިގިލީ ދާއިރާ ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ މާމިގިލި ދާއިރާއަށް ވާދަ ކުރި ކެންޑިޑޭޓޭއްގެ މަންދޫބަކު ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން ނިންމާފައިވާ ކަމަށެވެ.

މާމިގިލި ދާއިރާގެ ވޯޓު ގުނި އިރު މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގައި ވެސް ގިނަ އަދަދެއްގެ ބާތިލު ވޯޓު ހުއްޓެވެ. އިލެކްޝަންސް ކޮމިޝަނުން ނެރުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ ޖުމްލަ ބާތިލު ވޯޓަކީ 190 އެވެ.

މިހާރު މާމިގިލީ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ މިހާރު މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް  ގާސިމް އިބްރާހިމް ކުރީގައި އުޅުއްވަނީ އެއްމެ 80 ވޯޓުގެ ތަފާތުންނެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 1081 ވޯޓެވެ. ގާސިމާއި އެންމެ ގާތުން ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަމީޒަށް ލިބިފައި ވަނީ 1001 ވޯޓެވެ. އެހެންކަމުން ބާތިލް ވޯޓު އަލުން ގުނައި ނިމުމުން ފަހަރުގައި ގާސިމަށް މަޖިލީހުގެ މެންބަރުކަން ގެއްލުން ގާތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.