މޫނު ނިވާކޮށްގެން ތިބި ހަތަރު ފިރިހެނަކު އައްޑޫ ސިޓީގެ ހިތަދޫގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު، އެ ފިހާރައަށް ވަދެ ވަންކަން ކޮށްފިއެވެ.

މި ހާދިސާ ހިނގީ 8 އޭޕްރިލް ވީ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވެފައިވަނީ، ރޭގެ ވަގުތެއްގައި ފިހާރަ ތަޅާލައިފައިވާ، ހަތަރު ފިރިހެނުން އައީ ސައިކަލްތަކެއްގައި، މޫނު ނިވާކޮށްގެންކަމަށެވެ.

އަދި މޫނު ނިވާކޮށްގެން ތިބި ހަތަރު ފިރިހެނަކު ވަނީ ސ.ހިތަދޫގެ އީ-ހަބް ފިހާރައިގެ ބޮޑުދޮރުގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު ފިހާރަތެރެއަށް ވަދެފައިކަމަށާއި ފިހާރައިގެ ޝޯވް ކޭސްތަކުގައި ހުރި ފޯނުތަކަކާއި ކައުންޓަރ ވަތްގަނޑުގައި އޮތް ފޯނެއް ވަގަށް ވަގަށް ނަގައިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު ގެއެއް ބަލައިފާސް ކުރުމަށްފަހު ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.