އަނބިކަނބަލުން ދިޔާނާ ސައީދަކީ ފަސް އަންހެނުންނާއި ނުބައްދަލު ކަނބަލެއް ކަމަށް އެކަމަނާގެ ފިރިކަލުން، އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް އިންތިހާބުވި މަސްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ދެވަނަ ކައިވެންޏެއް ކޮށްފާނެތޯ ޕްރެސެންޓަރު ސުވާލު ކުރެއްވުމުން ހިނިވެޑުވުމަށްފަހު ޖާބިރު ވިދާޅުވީ، އޭނާ އެފަދަ ކަމެއް ދުވަހަކުވެސް ނުކުރާނެ ކަމަށާއި"ތީދެން ދައްކާ ކަހަލަ ވާހަކައެއް ނޫން" ކަމަށެވެ.
އަދި އަނބިކަނބަލުން ދިޔާނާއަށް ތައުރީފް ކުރައްވަމުން ޖާބިރު ވިދާޅުވީ، ދިޔާނާއަކީ އެފަދަ ދެވަނައެއްނެތް އަނތްބެއް ކަމަށާއި ދުވަހަކުވެސް ދިޔާނާ ދޫކޮށްނުލައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ އަންހެނުންނަކީ ފަސް އަންހެނުންނާއި ނުބައްދަލު އަންހެނެއް. އަޅުގަނޑު ދުވަހަކުވެސް ދެވަނަ ކައިވެންޏެއް ނުކުރާނަން" ޖާބިރު ވިދާޅުވިއެވެ.
ޕްރޮގްރާމްގައި ޖާބިރު ވަނީ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދާއި ކައިވެނިކުރައްވަން އުޅުއްވި ގޮތް ހިއްސާ ކުރައްވާފައެވެ. އެގޮތުން ދިޔާނާ އާއި ފުރަތަމަ ބައްދަލުވީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި ދިޔާނާ ކައިރިން ކައިވެންޏަށް އެހީވެސް ހުދު އޭނާ ކަމަށް ޖާބިރު ވިދާޅުވިއެވެ.