މިދިޔަ އާދިއްތަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގި، އއ. މަތިވެރީގެ ގެސްޓް ހައުސް ބެލިބެލުމުގައި ބަނގުރާ ފުޅިތަކެއް ފެނިއްޖެއެވެ. 

މަތިވެރީގައި ހުންނަ ކަޒާމިއާ ގެސްޓްހައުސްގައި، އެދުވަހު ރޭގަނޑު 21:45 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމުން ފުލުހުން އެތަނަށް ގޮސް ތަން ހުސްކުރަން އުޅުމުގެ ތެރޭގައި އެ ގެސްޓްހައުސްގެ ކޮޓަރިއެއްގެ ތެރެއިން ތިން ބަނގުރާ ފުޅި ފެނިފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ. 

މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. 

ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ގިނަވެ ރައްޔިތުންގެ މުދަލަށް ދަނީ އެތަކެއް ގެއްލުންތަކެއް ލިބެމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *