ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިއަދު އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، މިއަދު ހެނދުނު 9 އަކުން ފެށިގެން އެންސީއައިޓީގެ ސަރވާއަށް މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެމައްސަލަތައް ހަލުކުރުމަށް އެއްދުވަސް ނަގާނެތީ، ސްޓޫޑެންޓް ލޯން ސްކީމްގެ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި 4 މެއި (ހޮނިހިރު) ގެ 13:30 އަށް ވަނީ އިތުރު ކޮށްދީފައިވާ ކަމަށެވެ.

ކުރިން ސްޓޫޑެންޓް ލޯނަށް ހުށަހެޅުމުގެ ސުން ގަޑިއަކަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ނިންމާފައިވަނީ މިއަދު މެންދުރު 13:30 ހަމައަށެވެ. މީސްމީޑިއާގައި އާއްމުން ވަނީ އެންސީއައިޓީގެ ސަރވާ ތަކަށް މައްސަލަތަކެއް ދިމާވެގެން ހިދުމަތް ދިނުމަށް ލަސްކަމެއް އައުމުން އެކަމުގެ ޝަކުވާ ވެސް ކޮށްފައެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ޓެގްކޮށް، ޓްވިޓާގައި މީހަކު ބުނެފައި ވަނީ ސްޓުޑެންޓް ލޯނަށް ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތު ހަމަވާން ގަޑިއިރަކަށް ވެފައިވާ އިރު ވެސް ސާވާ ބޭނުން ނުކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރާށާއި ވަގުތު އިތުރުކުރަން އޭނާ އެދުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *