އެއްވެސް ލަކުނެއް ނުވަތަ ޕިމްޕަލްއެއް ނެތް މޫނެއް ކޮންމެ އަންހެން ކުއްޖެއްވެސް ބޭނުން ވާނެ ކަން ކަށަވަރެވެ. ހަމަގައިމުވެސް މީހާގެ މޫނު ވެގެންދަނީ އެންމެ ފުރަތަމަ ކޮންމެ މީހަކުވެސް އަޅައިގަންނަ ތަނަށެވެ. އެހެންކަމުން މޫނުގައި ލަކުނާއި، ޕިމްޕަލްސް ފަދަ ތަކެތި ހުރުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. މޫނު މަތި ރީތިކޮށް ސާފުކޮށް ބެހެއްޓުމަށް އެތައް ބަޔަކު އެތައް މަސައްކަތެއް ކޮންމެ ދުވަހަކުވެސް ކުރެއެވެ. މޫނު މަތި ސަފުކޮށް ބެހެއްޓުމަށް އެތައް ހަރަދުތަކެއް ކުރެއެވެ. ފާޑު ފާޑުގެ އެެކިއެކި ފޭސް ޕެކްތައް ހަދައިގެން މޫނު ރީތިކޮށް ސާފުކޮށް ބެހެއްޓުމަށް މަސައްކަތް ކުރެއެވެ. މޫނުމަތީގައި އޮށާޅައާއި ލަކުނާއި ގިނަ ވެގެން ދެން މާޔޫސްވެފައި ހުންނާކަށް ނުޖެހޭނެއެވެ.

އެލޯވެރާ ގަހުގެ ފަތުގައި ހުންނަ ޖެލް އަކީ ބޭނުން ތަކުން ފުރިގެންވާ އެއްޗެކެވެ. އެގޮތުން ތިބޭފުޅުންވެސް އޮށާޅައާއި ލަކުނުން މޫނު ސަލާމަތް ކުރަން ބޭނުންވާނަމަ ކޮންމެ ދުވަހަކުވެސް އެލޯވެރާ ފަތުގެ ޖެލް މޫނުގައި ހާކާށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އެލޯވެރާ ފަތުގެ ޖެލް ބޭނުން ކުރާއިރު އެޖެލް ވާންޖެހޭނީ ފްރެޝްކޮށް ފަތުން ނަގާފައިވާ ޖެލް އަކަށެވެ. ފްރެޝް ނޫން ޖެލް ބޭނުން ކުރާނަމަ ޖެލްގެ އަސަރު އެހާ ބޮޑަކަށް ނުފެންނާނެއެވެ. އެލޯވެރާ ފަތުގެ ޖެލް ބަޔަކީ މޫނު މަތި އޮމާން ކޮށް އަދި ދުޅަހެޔޮކޮށް ބެހެއްޓުމުގައިވެސް ވަރަށް މުހިންމު ރޯލެއް ކުޅޭ އެއްޗަކަށް ވުމުން ކޮންމެ ދުވަހަކު ބޭނުންކުރުމުން މޫނު އިތުރަށް އޮމާްންވެ ރީތިވެސް ވެއެވެ.

މޫނު މަތިން އޮށާޅައާއި ލަކުނު ފިލުވާލާނެ އަނެއް ގޮތަކީ، ބޭކިންގް ސޮޑާ ބޭނުން ކޮށްގެންނެވެ. ބޭކިންގް ސޮޑާގައި ހިމެނޭ މާއްދާއެއް ކަމަށްވާ ސޯޑިއަމް ކާބަނޭޓް ކްރިސްޓަލްސް އަކީ މޫނުމަތިން ލަކުނު އެއްޗެހި ފިލުވަން ހާއްސަކޮށްގެން ހަދާފައި ހުންނަ އެކި ކަހަލަ މޫނުގައި ހާކައި ކްރީމްތަކުގައި ވެސް ބޭނުންކުރާ މާއްދާއެކެވެ. ބޭކިންގް ސޮޑާއާއި ފެނާއި އެއްކުރުމަށް ފަހު މޫނުގައި ހާކާފައި މަދުވެގެން ފަސް މިނަޓް ވަންދެން ބެހެއްޓުމަށް ފަހު ދޮވެލާނީއެވެ. އަދި މިހެން ކޮންމެ ދުވަހަކު ބޭކިންގް ސޮޑާ މޫނުގައި ބޭނުން ކުރާނަމަ ވަރަށް އަވަހަށް ލަކުނުތައް ފިލަން އެހީތެރިވެދެއެވެ.

މޫނު ސާފުކޮށް ބެހެއްޓުމަށް ދެން ބޭނުން ކުރެ ވިދާނެ އެއްޗަކީ ކިއުކަމްބާއެވެ. ކިއުކަމްބާގައި ހިމެނޭ ވިޓަމިން އާއި މެގްނިޝިއަމްގެ މާއްދާތަކަކީ މޫނަށް ވަރަށް ފައިދާ ހުރި މާއްދާތަކެކެވެ. ލަކުނާއި އޮށާޅައާއި އަދި މޫނު މަތީ ނަގައި ބިހިތަކުން ސަލާމަތް ވާން ބޭނުން ވާނަމަ ކޮންމެ ދުވަހަކުވެސް 30 މިނަޓް ވަންދެން މޫނުގައި ކިއުކަމްބާ ފޮތިތައް ބާއްވައިގެން އޮންނާނީއެވެ. އަދި 30 މިނަޓް ވުމުން މޫނު ފިނިފެނުން ދޮވެލާނީއެވެ. އޭރުންވެސް ވަރަށް އަވަހަށް މޫނު މަތިން ލަކުނާއި އޮށާޅަ ފިލާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.