ބެލުންތެރިންގެ މެދުގައި މަޝްހޫރު ކަމެއް ހޯދި ފިލްމް "ހިންދީ މީޑިއަމް" ގެ ދެވަނަ ބައި ކަމަށްވާ "އަނގްރޭޒީ މީޑިއަމް" އިން ފެނިގެން ދާނީ މައްޝޫރު ބަތަލާ ކަރީނާ ކަޕޫރް ހާން ކަން ޔަގީން ވެއްޖެއެވެ.

ބޮލީވޫޑްގެ ހަބަރުތައް ގެނެސްދޭ ބައެއް އިންޑިއަން ނޫސް ތަކުގައި ބުނެފަިއވާ ގޮތުގައި، "އަނގްރޭޒީ މީޑިއަމް" ކުޅެން ކަރީނާ ކަޕޫރް ވަނީ މިހާރު ސޮއެވެސް ކޮށްފައެވެ. އަނގްރޭޒީ މީޑިއަމް ފިލުމުގައި މަސައްކަތް ކުރާ ބަތަލާއެއް ކަމަށްވާ ރާދިކާ މަދަން ހިއްސާކުރި އިންސްޓަގްރާމު ޕޯސްޓަކުން ވަނީ ކަރީނާ ކްޕޫރް އެފިލުމުގައި މަސައްކަތް ކުރާކަން ޔަގީން ކޮށްދީފައެވެ. ނަމަވެސް އަދި މިހާތަނަށް އެ ފިލުމް އުފައްދާ މެޑޮކް ފިލްމްސް އިން ވަނީ ކަރީނާ ކަޕޫރު އެފިލްމުގައި މަސައްކަތް ކުރާކަމެއް ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.

ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއެއް އޭނާ ހިއްސާ ކުރި އިރު، އެ ފޮޓޯ ޓެގްކޮށްފައިވާ މީހުންގެ ތެރޭގައި ކަރީނާ ހިމެނެ އެވެ. އެހެންވެ މިއީ "އަނގްރޭޒީ މީޑިއަމް" އިން ކަރީނާ ފެންނާނެކަން ޔަގީންވެގެން ދިޔަ ކަމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި ކަރީނާ ކުޅޭނީ ފުލުހެއްގެ ރޯލެވެ. އަދި އެއީ އެކްސްޓެންޑެޑް ކެމިއޯއެކެވެ. އަނގްރޭޒީ މީޑީއަމް އަކީ ހިރްފާން ހާންގެ ފިލުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.