ގިނަ ބަޔެއްގެ ލޯތްބާއި ސްޕޯޓް ހޯދާފައިވާ، މައްޝޫރު ބޮލީވޫޑްގެ ބަތަލާ ވަރުން ދާވަންގެ ލޯބިވެރިޔާ ނަތާޝާ ދަލާލަށް މަރުގެ އިންޒާރު ދީފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ވަރުން ދާވަންގެ ލޯބިވެރިޔާ ނަތާޝާ ދަލާލަށް މަރުގެ އިންޒާރު ދީފައިވަނީ ވަރުން ދާވަން އަށް ސަޕޯޓް ކުރާ ފަރާތަކުންނެވެ. ނަތާޝާއަށް މަރުގެ އިންޒާރު ދިނީ ވަރުންގެ އަންހެން ސަޕޯޓަރެކެވެ. އިންޑިއާ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ، އެ އަންހެން ސަޕޯޓަރު ވަރުން ދާވަން އާއި ބައްދަލުކުރެއްވުމަށް މުމްބާއީގައި ވަރުން ދިިރިއުޅޭ ގޭ ކައިރިއަށް ގޮސް އެތައް އިރެއްގައި ހުރުމުންވެސް ބައްދަލުކުރުމުގެ ފުރުސަތު ނުލިބުމުން ކަމަށެވެ. 

ވަރުން ދާވަންގެ ޓީމާއި ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެއަންހެން މީހާ ވަނީ ވަރުން ދާވަން އާއި ބައްދަލުވެލަން އެއް ގަޑިއިރަށް ވުރެ ގިނަ އިރު އެގޭ ދޮށުގައި އިންތިޒާރުކޮށްފައި ކަމަށާއި ނަމަވެސް ވަރުން ދާވަންއަށް އެ އަންހެން ސަޕޯޓަރާއި ބައްދަލު ނުކުރެވުނީ، ވަރުން ވަރަށް ބިޒީކޮށް އެގަޑީގައި އުޅުމުން ކަމަށެވެ.

އެ އަންހެން ސަޕޯޓަރުވަނީ ވަރުން ދާވަން އާއި ބައްދަލުކޮށްލުމުގެ ފުރުސަތު އޭނާގެ ސެކިއުރިޓީ ޓީމުން ނުދިނުމުން އެކަމާއި ނުރުހުން ފާޅުކޮށް ވަރުން ދާވަންގެ ލޯބިވެރިޔާ ނަތާޝާ ދަލާލް މަރާލާނެ ކަމުގެ އިންޒާރު ދިފާއެވެ. އަދި އޭނާއަށް އަމިއްލަ ނަފްސަށްވެސް ގެއްލުން ދޭނެ ކަމަށް ބުނެފައެވެ. ވަރުން ދާވަންގެ ޓީމުން ބުނީ، ވަރުން އަކީ އަބަދުވެސް ބިޒީ ނޫންނަމަ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި މީހެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.