ދިރާގު މަމެން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން ހޯދައިފިއެވެ.

ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅެވުނު ފައިނަލް މެޗުގައި ވިލާ ބައްދަލުކޮށްފައިވަނީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން, ސީއެޗްއެސްސީ އާއެވެ. އެ މެޗު ވިލާއިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ރަނގަޅު ކުޅުމެއް ކުޅުނީ ވިލާއިންނެވެ. ސީއެޗްއެސްސީގެ ޑިފެންސް ލައިންއިން ހެދުނު ގޯސްތަކުގެ ފައިދާ ނަގައި، ވިލާއިން ވަނީ ސީއެޗްއެސްސީގެ ގޯލަށް ނުރައްކާކޮށްފައެވެ.

ވިލާއިން މެޗުގެ ލީޑު ނެގީ ވިލާގެ އަހުމަދު ސަމާހް ކާމިޔާބުކޮށްދިން ޕެނެލްޓީއަކުންނެވެ. އެ ޕެނެލްޓީ ވިލާއަށް ލިބިފައިވަނީ ފުރަތަމަ ހާފް ނިމެން ދަނިކޮށެވެ.

ވިލާއިން މެޗުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގައި އެ ޓީމުގެ އިބްރާހިމް އިމްރާން ޖެހި ގޯލާއި އެކުގައެވެ.

މެޗަށްފަހު ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ހަވާކޮށްފައިވާ އިރު، މުބާރާތުގެ މަގާމުތަކަށް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ.

މުބާރާތުގެ ޑްރީމް ޓީމު ހޮވާފައިވާ އިރު، ޑްރީމް ޓީމުގައި ވިލާގެ ހަ ކުޅުންތެރިން ހިމެނިފައިވެއެވެ. އެއީ އިބްރާހީމް އިމްރާން، އަސްމާއީލް މިމްރާހް، އަހުމަދު ސަމާހް އަދި މުހައްމަދު ލޫތު އަދި ހަމްދޫން އަބްދުލްލަތީފްގެ އިތުރުން ގޯލްކީޕަރު ހަސަން އަލީފެވެ. ޑްރީމް ޓީމުގައި ސީއެޗްއެސްސީން ހިމެނިފައި ވަނީ މުހައްމަދު މާއިޝް، މުހައްމަދު މިންވާލް އަދި އިސްމާއީލް ރިޔާޝްއެވެ. ދެން ހިމެނިފައިވަނީ  ގާޒީ ސްކޫލްގެ މިޖުދާފް އަދި އަހުމަދިއްޔާގެ މުހައްމަދު ރަޒާނެވެ

މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހާފައި ވަނީ ސީއެޗްއެސްސީގެ ފޯވަޑް މާއިޝްއެވެ. އޭނާ ވަނީ 12 ގޯލު ޖަހައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.