ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ޝައުގުވެރިކަން އެބަހުރި ކަމަށް ކުރީގެ ރައީސް އަދި މައްޗަން ގޯޅީ މެދު ދާއިރާއަށް އިންތިހާބުވި މެންބަރު، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް ލީޑް ކުރުމަސް ޝައުގުވެރިކަން އެބަ ހުރި ކަމަށާއި އެއީ އުނދަގޫ ކަމެއް ކަމުގައި ދެކި ނުލައްވާކަމަށެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަން އެބަހުރި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑް ކުރަން. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް 60، 70 ބޭފުޅުންނާއި އެކީގައި ހުރިހާ އެންމެން ރަހުމަތެރިކަމާއިއެކީގާ ކަންކަން ކުރަމުން ކުރިއަށް ގެންދެވޭނެ. އަޅުގަނޑު ނުދެކެން އެއީ އުނދަގޫކަމަކަށް ވެދާނެ ކަމަކަށް". ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ސްޕަރ މެޖޯރިޓީއެއް ނެގި އެމްޑީޕީގެ މިހާރުގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ނަޝީދު ވަނީ އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ގެނެވުމަށް ތާއީދު ކުރައްވައިފައެވެ.

ނަޝީދު ވަނީ، އެމްޑީޕީގެ އެޖެންޑާ 19ގައި ހިމެނޭ ވައުދުތައް ރަނުންރަނަށް ފުއްދުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށާއި، އެގޮތުން އެޖެންޑާ 19ގައި ހިމެނޭ ގެދޮރު ބޭނުންވާ މީހުންނަށް އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.