ސައިކަލެއްގައި އައި މީހަކު މަޑު ކުރަން އެންގުމުން، މަޑުނުކޮށް ފިލަން އުޅެނިކޮށް އެކްސިޑެންޓުންވެ އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 21:48 ހާއިރު މެދުޒިޔާރަތް މަގު، ރައްޔިތުންގެ މަޖިލިސް ކައިރިންނެވެ.
އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 18 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް ދަނީ އައިޖީއެމްއެޗުގަައި ފަރުވާ ދެމުންނެވެ.
ފުލުހުން ވިދާޅުވީ، އެ ސަރަހައްދުގައި އެ ވަގުތު ޓްރެފިކް ޕޮލިސް ޗެކް ޕޮއިންޓެއް ހުރި ކަމަށާއި އެ ޒުވާނާ އައީ އެ ދިމާލަށް ބާރު ސްޕީޑްގައި ސައިކަލުގައި ކަމަށެވެ.
އަދި އެ ޒުވާނާ އެ ހިސާބަށް އަރާ މަޑުނުކޮށް ދާން އުޅުމުން އެ ސައިކަލު ހުއްޓުވުމަށް އެ ސައިކަލުގައި ފުލުހަކު ހިފެހެއްޓި ކަމަށާއި އެހެން ނަމަވެސް އެ ސައިކަލު ހިފެހެއްޓުމުން ސައިކަލު ކޮންޓްރޯލް ނުވެގެން ގޮސް ޕާކުކޮށްފައި ހުރި ދެ ސައިކަލާއި ވޭނެއްގައި ޖެހި އެކްސިޑެންޓްވީ ކަމަށް ފުލުހުން ވިދާޅުވިއެވެ.