އަވައްޓެރި ގައުމު، އިންޑިއާގެ ކޮންސާޓެއްގައި ބައިވެރިވެ، ލަވަކިޔައި ތަމްސީލްކުރުމަށް ރިހާނާ އެ ގައުމަށް ޒިޔާރާތްކުރަން ނިންމައިފިއެވެ.

މިއީ އިންޑިއާއަށް ތަމްސީލްކުޅެން ރިހާނާ އަންނަ ފުރަތަމަ ފަހަރެވެ. އެހެން ކަމުން އިންޑިއާގެ ރައްޔިތުންގެ ގިނަ މީހުން އަންނަނީ ސޯޚު ފާޅުކުރަމުންނެވެ. ރިހާނާ ތަމްސީލް ކުޅެން ހަމަޖެހިފައިވަނީ އިންޑިއާގެ ރަށެއް ކަމަށްވާ މުމްބާއިގައެވެ.

މީގެ ކުރިން ފަހަރަކުވެސް ރިހާނާ އިންޑިއާގައި ތަމްސީލްކުރަން ދާން ހަމަޖެހިފައިވާ ކަމަށް ބުނެ އިންޑިއާގައި އަޑު ފެތުރުނެވެ. އެ ފަހަރު އެ ޚަބަރު ވީ ދޮގު ޚަބަރަކަށެވެ. ނަމަވެސް މިފަހަރު "އިންޑިއާ ޓައިމްސް"އަށް ވަނީ މިއީ ސައްހަ ޚަބަރެއްކަން ކަށަވަރު ކުރެވިފައެވެ.

އިންޑިއާ އަކީ މުޅި ދުނިޔޭގައިވެސް ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. މިފަދަ ގައުމެއްގައި ރިހާނާ ފަދަ މަޝްހޫރު، މޮޅު ފަންނާނަކު ކުރާ ތަމްސީލެއް ބަލާލަން ލިބޭނީ ނަސީބުވެރިއަކަށެވެ. މި ކޮންސާޓް ވެގެން ދާނީ ވަރަށް ފޯރިގަދަ ކޮންސާޓަކަށްކަން ކަށަވަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.