މިހާރުވެސް އިންޑިޔާގައި ވެރިކަން ކުރަމުންދާ ބާރަތު ޖަނަތާ ޕާޓީ (ބީޖޭޕީއިން)، މިފަހަރުގެ އިންތިހާބުގައި އެމީހުން ބޭނުންކުރަން ތައްޔާރުކުރި، މެނިފެސްޓޯ މިއަދު އާންމުކޮށްފިއެވެ. އެ ގޮތުން އެެ ޕާޓީއިން އާންމުކޮށްފައިވާ މެނިފެސްޓޯގައި ބޮޑަށް އިސްކަންދީފައިވަނީ ދަނޑުވެރިންނަަށާއި ހިންދޫއިންނަށެވެ. މީގެ އިތުރުން ޤައުމީ ސަލާމަތަށްވެސް ފުދޭވަރަކަށް އެ މެނިފެސްޓޯގައި ބަލާލާފައިވެއެވެ. 

މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ދަނޑުވެރިންގެ ސްކީމްގެ ދަށުން ބީޖޭޕީން ވަނީ ހުރިހާ ދަނޑުވެރިންނަށް ފއިދާވާނެހެން ފުޅާކުރަން ނިންމާފައެވެ. އެ ގޮތުން ކޮންމެ ދަނޑުވެރިއަކަށް އަހަރަކު 6،000 ރުޕީސް ލިބޭނެކަމަށް އެ މެނިފެސްޓޯގައި ވެއެވެ. 

މީގެ އިތުރުން އެ މެނިފެސްޓޯގައި ވާ އެންމެ މުހިންމު އެއް ކަމަކީ ނޭޝަނަލް އެސެމްބްލީ އާއި ސްޓޭޓް އެސެމްބްލީތަކުގެ 33 ޕަސެންޓް އަންހެނުންނަށް ރިޒާވް ކުރާނެ ކަމަށް ބުނެފައި އޮތުމެވެ.

ބީޖޭޕީގެ މެނިފެސްޓޯގައި ވަނީ ކަނާތު ފިޔައިގެ ސަޕޯޓަރުންގެ ރުހުން ހޯދުމަށް ޕާޓީގެ ބައެއް ވައުދުތައް އިތުރަށް ހިމަނައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.