ރައްޔިތުން މަޖިލީހުގެ އެންމެ ފަހު ޖަލްސާ މި މަހުގެ 15ވާ ހޯމަ ދުވަހު ބާއްވަން މަޖިލިސް އިދާރާއިން ނިންމައިފިއެވެ. 

މިކަން ހާމަކުރައްވާ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ ޕާލިމެންޓްރީ ގްރޫޕްގެ މަޝްވަރާގެ މަތިން، މަޖިލިސްގެ ޖަލްސާއެއް ބާއްވާނެ ތާރިޙްއަކީ 15 އެޕްރިލް 2019 ކަމަށް، މަޖިލީހުގެ ރައިސް ޤާސިމް އިބްރާހިމް ކަޑައަޅާފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ވެގެންދާނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ކަމަށެވެ. 

މަޖިލިސް ގަވާއިދުގައިވާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އާ މެމްބަރުންނާއި އެކު ޖޫން މަހުގައި ކަމަށެވެ. މޖިލިހުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި މިހާތަނަަށް އެންމެ ގިނަ ގޮނޑިތައް ލިބިފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ކަމަށް ވާ އެމްޑީޕީއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.