ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ، ވޭތުވެދިޔަ ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އިންފްލުއެންޒާ ރޯގާ ފެތުރުމުގެ ބިރު ބޮޑު ކަމަށް ހާމަކޮށްފައެވެ.
އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް ވިދާޅުވިގޮތުގައި އުމުރުން ހަ މަހުން މަތީ އެންމެން ވެސް އިންފްލުއެންޒާ ވެކްސިން ޖެހުން ވަރަށް މުހިންމެވެ.
މި ވެކްސިން ޖެހޭ އެންމެ ޅައުމުރަކީ ހަ މަސް ވެފައިވާ ކުދިންނެވެ. އެ ގޮތުން ތިން އަހަރު ނުވާނަމަ 0.25، އަދި ބޮޑެތިމީހުންނަށް ޖަހާ ޑޯޒަކީ 0.5 އެމްއެލްއެވެ. އަދި ހަމަހާއި ހަ އަހަރާ ދެމެދުގެ ކުދިން، ފުރަތަމަ ޑޯޒް ޖަހާތާ އެއްމަސް ފަހުން ދެވަނަ ޑޯޒް ޖަހަން ޖެހެއެވެ.
އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް ވިދާޅުވިގޮތުގައި، އެ ވެކްސިން ޖެހުމުން ރޯގާ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަ ވެގެންދާނެއެވެ. އަދި ވެކްސިން ޖަހާފައިވާ މީހަކަށް ރޯގާ ޖެހުނު ނަމަވެސް ފަސޭހައިން ރަނގަޅުވުމުގެ ފުރުސަތު ބޮޑު ވެގެންދާނެއެވެ.
އިންފުލުއެންޒާ ބަލި ފަތުރާ ވައިރަސް އަކީ އަބަދުވެސް ބަދަލުވާ ވައިރަސް އަކަށްވުމުން، އެކަމަށްޖަހާ ވެކްސިން ކޮންމެ ހަމަހަކުން އެއްމަހުން ބަދަލުވެއެވެ.
އިންފުލުއެންޒާ ވައިރަސް ޖުހުމުން ބޭނުންކުރަންޖެހޭ ބޭސްތައް އެސްޓިއޯއާއި އޭޑީކޭގެ ބޭސްވިއްކާ ފިހާރަތަކުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނަކުންވެސް އެ ވެކްސިން ޖެހައިދޭނެކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.