ޒިޔާދާގެ މަރުގެ މައްސަލައިގައި، އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފިއެވެ.
ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން 2015 ގައި ނިޔާވި ޒިޔާދާ ނައީމް މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން ކުރިން ހުކުމް ކުރީ އެ ދައުވާތައް ސާބިތު ނުވަ ކަމަށެވެ.
ހަބަރު ލިބިފައވާގޮތުގައި، އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅުނީ މިއަދުއެވެ. އަދި ޝާހުގެ މައްޗަށް ކުރެވުނު ދައުވާތައް ސާބިތުނުވާ ކަމަށް ކުރި ހުކުމް ވެސް ވަނީ އިސްތިއުނާފް ކޮށްފައެވެ.
ޝާހުގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށް ހުކުމްކުރީ ދައުލަތުން ހުށަހެޅި ގިނަ ހެކިތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭރު ބުނެފައިވެއެވެ.