ހޮނިހިރު ދުވަހު ބޭއްވުނު ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން އެކާވީސް ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މަޖިލިސް އިންތިހާބާއި ގުޅިގެން 21 ޝަކުވާއެއް ހުށައެޅިފައި ވާކަމަށާއި މިހާތަނަށް ޖަވާބު ދާރީ ވެވުނީ ދެ ޝަކުވާއަށް ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް އިތުރަށް ވިދާޅުވީ، ހުށައެޅިފައިވާ 21 ޝަކުވާގެ ތެރޭގައި ހިމެނެނީ ރީ-ރަޖިސްޓްރޭޝަނާއި ގުޅޭ 15 ޝަކުވާއާއި، ވޯޓްލީ މަރުކަޒާއި ގުޅުން ހުރި ކަންކަމާއި ބެހޭ 4 ޝަކުވާއާއި އަދި ރިޝްވަތާއި ގުޅުންހުރި 2 ޝަކުވާ ކަމަށެވެ. 

މަޖިލިސް އިންތިހާބާއި ގުޅިގެން 21 ޝަކުވާއެއް ހުށައަޅާފައި ވާއިރު، މިހާތަނަށް އަދި ޖަވާބުދާރީ ވެވުނީ ދެ ޝަކުވާއަށް ކަމަށްވެސް އިލްކެޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ. އަދި ބާކީ ހުރި ޝަކުވާތައް އެއީ ބަލަން ޖެހޭ މައްސަލައެއްތޯ ނުންތޯ މިހާރު ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.