މަޖިލީސް އިންތިހާބު 2019 އަށްފަހު އެންމެ ގިނަބައެއްގެ ދަތުރު މަންޒިލަކަށް ވެފައިވަނީ ކާށިދޫއެވެ. މިކަމުގެ ސަބަބުތައް ބަޔާންކޮށް ދިނުމަކީ ދިވެހީންނަށް ކޮންމެހެން މުހިންމުކަމަކަށް ނުވާނެއެވެ. އެމް.ޑީ.ޕީ ޕުރައިމަރީގައި ވާދަކޮށް ޢަބްދުﷲ ޖާބިރުއަށް ވަނީ ޕުރައިމަރީގައި ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައެެވެ. ޕްރައިމަރީގައި ވާދަކޮށް ބަލިވީ ނަމަވެސް ޖާބިރުވަނީ ކޯޓް މަރުހަލާ ކަޑައްތު ކުރުމަށްފަހު މަޖިލީސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެވޭނެކަން ކަށަވަރުކޮށްފައެވެ.

މީސް މީޑިއާގައި ޖާބިރުގެ ވައުދުތަކަށް ގިނަބައެއްގެ މަލާމާތާއި އެކުގައި ނަމަވެސް ޖާބިރުވަނީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ. ކާށިދާ ދާއިރާއަށް ގެންނާނެ ތަރައްގީ ޖާބިރު ހާމަކޮށްފައި ވަނީ ޕީއެސްއެމް މަޖިލީސް ބަހުސް 2019 ގައެވެ. ރައްޔިތުން އޭނާއަށް އެދާއިރާގެ މެންބަރުކަން ދީފި ނަމަ އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ކަށަވަރުކޮށް ދޭނެކަމަށް މަޖިލީސް ބަހުސްގައި ޖާބިރުވަނީ ވައުދުވެފައެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ހުރި ނަމަވެސް ޖާބިރުވަނީ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވައުދުވެވަޑައިގެންފައެވެ. ކާށިދޫ ދާއިރާއަށް މީގެ ކުރިން ޖާބިރު ހޮވިވަޑައިގަތީ ބައި އިލެކްޝަނަކުންނެވެ.

ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ދާއިރާ އަށް ކޮށްދެއްވާފައި ވާކަމަށް ގަބޫލުކުރާކަން 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބަށްފަހު މިވަނީ ރައްޔިތުން ކަށަވަރުކޮށްދީފައެވެ. ގާފަރަށާއި ކާށިދޫއަށް އުމްރާނީ ގޮތުން ޖާބިރު ކޮށްދެއްވާފައިވާ އެތައް ކަމެއް އެބަހުރި ކަމަށް ޖާބިރުގެ އަންހެނުން ދިޔާނާވެސް ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ޖާބިރުގެ ތަސައްވުރު ކާމިޔާބު ކޮށްފިނަމަ އެދާއިރާ ވެގެންދާނީ ރާއްޖޭގެ އެންމެ ތަހުޒީބު ވެފައިވާ ދާއިރާއަށެވެ. ނަމަވެސް އުފެދޭ ސުވާލަކީ ޖާބިރުގެ ތަސައްވުރަކީ ހިޔާލީ ފޮލާއަކަށް ވެދާނެބާއެވެ. މީސް މީޑިއާގައި މިއަދު ޗެކިން ވަމުންދާ އެންމެ ގިނައެއްތަނަކީ ކާށިދޫއެވެ. ކާށިދޫ ދާއިރާއެވެ. ނަމަވެސް މި ހިނގާ ފަސްއަހަރުގެ ތެރޭގައި މިހާރުވަމުންދާ ޗެކިން އަސްލަށް ވެގެން ގޮސްދާނެބާއެވެ؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *