ރާއްޖޭގެ އެކި ހިސާބުތަކުގައި މިދުވަސްވަރު ހަލުވި ކަމާއިއެކު އިންފުލުއެންޒާ ވައިރަސް ފެތުރުމުން ދާތީ، އެބަލިން ސަލާމަތް ވުމަށް ޖަހާ ހާއްސަ ވެކްސިން ހުޅުމާލޭގެ ޓްރީޓްޕްގައިވެސް ޖެހޭނެ އިންތިޒާމުތައް ހަމަޖައްސާފިއެވެ.

ރާއްޖޭގައި ބާރު މިނެއްގައި އިންފުލުއެންޒާ ބަލި ފެތުރެމުން ދާތީ ވެކްސިން ޖެހުމަށް ހެލްތް ޕޮރޮޓެކްޝަނުން އެޖެންސީ ވަނީ މިނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އިންފުލުއެންޒާ ފަތުރާ ވައިރަހަކީ ކޮންމެ އަހަރަކުވެސް ކުޑަކޮށް ބަދަލުވަމުން އަންނަ ވައިރަހައަކަށް ވާތި، ކޮންމެ އަހަރެއްގައިވެސް އެއްފަހަރު މިވެކްސިން ޖަހަން ޖެހެއެވެ. 

ޓްރީޓޮޕުން އިންފުލުއެންޒާ ފަތުރާ ވައިރަހުން ސަލާމަތްވާން ޖަހައި ވެކްސިން ޖަހައިދެނީ ބޮޑެތި މީހުންނަށް 240ރ. އަށް ކަމަށާއި ކުޑަކުދިންނަށް 215ރ. އަށް ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އެޗްޕީއޭއިން ވަނީ، މާބަނޑު މީހުންނަށާއި ކުޑަކުދިންނަށާއި އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމީހުންނަށް އެވެކްސިން ޖެހުމަށް ބާރު އަޅުއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.