ރައްޔިތުން މަޖިލީހުގެ އިންތިހާބު 2019 ގެ ވަގުތީ ނަތީޖާ އިއުލާނުކުރުން ބައު ޖަމަލުއްދީން ސްކޫލުގައި ހުންނަ އިލެކްޓޯރަލް މެނޭޖްމެންޓް ސެންޓަރގައި މިހާރު ކުރިއަށް އެބަދެއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވަނީ މިކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ބުނެފައިވާ ގޮތުގައި މިއަދު 11:30 އިން ފެށިގެން މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާނެއެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބު ވެގެންދިޔައީ ކުރީގެ އިންތިހާބުތަކާއި ހިލާފަށް އަމާން ކަމާއި އޮމާން ކަމާއެކު ނިމިގެންދިޔަ އިންތިހާބެކެވެ. އަދި މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ އެއް ޕާޓީ، އެމްޑީޕީ އިން ވަނީ މި އިންތިހާބުގެ ސުޕަރ މެޖޯރިޓީ ހޯދާ މަޖިލިސް އިންތިހާބުގެ ގިނަ ދާއިރާތަކެއްގެ ގޮނޑި ކަށަވަރުކޮށްފައެވެ. 

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިންތިޒާމްތައް ރަނގަޅު ކަމަށް ބޭރުގެ ބައެއް އޮބްޒާވަރުންވެސް ވަނީ ފާހަގަކޮށްފައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.