ފަންސަވީސް ބުރިއަށް އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުން ބޮޑު ބަޖެޓެއް ކަނޑައަޅައިގެން، ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ނިންމީ، އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ މަގްސަދުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް މިމަސް ތެރޭގައި ހުޅުވަން ނިންމާފައިވީ ނަމަވެސް، މިދިޔަ މަހުގެ ތިރީސްވަނަ ދުވަހު ވަނީ އައިޖީއެމްއެޗްގައި ހުންނަ ފިޒިއޮތެރެޕީ ޑިޕާޓްމެންޓް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. 

ދަރުމަވަންތަ ހޮސްޕިޓަލްުގެ ޚިދުމަތްތައް މިއަދު ފަށާފައި ވާއިރު އައިޖީއއެމުއެޗުން މިހާރު ދެމުންދާ އިތުރު ބައެއް ޚިދުމަތްތައްވެސް ދަރުމަވަންތަ ހޮސްޕިޓަލަސް ބަދަލު ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރާ ގޮތަށް ހަމެޖިފައިވާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި، ފިޒިއޮތެރަޕީ ޑިޕާޓްމެންޓުގެ އިތުރުން އޯޕީޑީ އާއި އެކްސްރޭ އާއި ސްޕޯޓްސް ތެރަޕީ އާއި އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓް ހިމެނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތް ކުރަން ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ދެއަހަރުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެއްބަސްވެ ހަވާލުކުރީ ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާއެވެ. ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުން ދެއަހަރަށް ވުރެ ގިނަ ދުވަހަށް ދިގު ލައިގެން ދިޔައީ ވަސީލަތްތައް ހޯދުމަށް ދިމާވި ދަތިތަކަކާއި ހުރެ ކަމަށް އޭރު އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. ނަމަވެސް ސަރުކާރުގެ ކޯލިޝަނުން ބުނަމުންދިޔައީ، ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަަމުގައި ކުރި ވައްކަމާއި ކޮރަޕްޝަން ދައްކުވައިދޭ ހޮސްޕިޓްލެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.