ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ސްރީލަންކާގެ 25 މަސްވެރިއަކު ދޫކޮށްލަން ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ސްރީލަންކާއިން ބުނެފި އެވެ.

ސްރީލަންކާގެ"ނިއުސް ފަސްޓް" ނޫހުގައި ލަންކާގެ ސަރުކާރު އޮފިޝަލުންނާއި ހަވާލާދީ މިއަދު ބުނެފައި ވަނީ ލަންކާގެ މަސްވެރިންތައް ދޫކޮށްލަނީ އެ ގައުމުގެ ސިންހަޅައިންނާއި ތަމަޅައިގެން އާއަހަރާއި ދިމާކޮށް މިމަހުގެ 14 ވަނަ ދުވަހުއެވެ.

ލަންކާގެ ފިޝަރީސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޕަދުމަޕްރިޔާ ތިސޭރާއާ ލަންކާގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލަންކާގެ މަސްވެރިން އަނބުރާ ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސަން ބޭނުންވާ ފައިސާ ލަންކާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރަތަކަށް މިހާރު ފޮނުވާފައިވާ ކަމަށާއި މަސްވެރިން ވަރަށް އަވަހަށް މިނިވަން ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރާ ބޭރުގެ ފަރާތްތައް ރާއްޖޭގައި ހައްޔަރުކުރި ނަމަވެސް އެމީހުންނަށް އެއްވެސް ދައުވާއެއް ނުއުފުލައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.