އެޗްބީއޯ ގެ ކާމިޔާބު ޓީވީ ސިލްސިލާ " ގޭމް އޮފް ތްރޯންސް"ގެ ފަހު ސީޒަން ފަށަން ބާކީ އޮތީ އެންމެ ހަފްތާއެކެވެ. މިމަހުގެ 14 ވަނަ ދުވަހު އެ ސީރީޒްގެ ފަހު ސީޒަންގެ ފުރަތަމަ އެޕިސޯޑު ނުުކުންނާނެއެވެ. އަދި ސީރީޒްގެ ފޭނުން ތިބީ މިކަމަށް ކެތްމަދުވެފައެވެ. 

ފަހު ސީޒަނަށް ހާއްސަކޮށްގެން އެޗްބީއޯއިން ނެރުނު ތިން ޓީޒާގެ ސަބަބުންވެސް ބެލުންތެރިންނަށް ކެތްކުރަން އުނދަގޫވެ މީސް މީޑީއާގައި އިހުނަށްވުރެ ބޮޑަށް އެ ސީރީޒްގެ ވާހަކަ ހިއްސާކުރަން ފެށިއެވެ. ފުރަތަމަ ނެރުނު ޓީޒާއަކީ "ސަވައިވަލް"އެވެ. އޭގައި ދައްކުވައިދެނީ ސްޓާކުގެ ބިލްޑިންގ ތަކެވެ. އަދި ކިޓް ހެރިންގްޓަން (ޖޮން ސްނޯ) އާއި މޭސީ ވިލިއަމްސް (އާރޔާ ސްޓާކް) އަލުން ވިންޓަފެލް އިން ދިމާވާ މަންޒަރުވެސް މި ޓީޒާގައި ދައްކުވައިދިނެވެ. މިދިޔަ ސީޒަނުގައިވެސް ބެލުންތެރިން އެންމެ ބޭނުންވި އެއް ކަމަކީ ޖޮން އާއި ސްޓާކް އާއިލާގެ ބާކީ ތިބި އެންމެން ބައްދަލުވެ ވާހަކަ ދެކެވުމެވެ. 

ދެވަނައަށް ނެރުނު ޓީޒާ "ޓުގެދާ" ގައި ދައްކަނީ ޓިރިއަން ލެނިސްޓާ (ޕީޓާ ޑިންކްލެޖް) ސްޕީޗެއް ދެނިކޮށެވެ. އޭނާގެ ސްޕީޗުގައި ބުނަނީ އެންމެން އެއްކޮށް ހަނގުރާމަ ކުރުމުން ނޫނީ މަރުނުވެ ނުތިބޭނެ ކަމަށެވެ. އެ ޓްރެއިލާއަށްވެސް އެތައް ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. ގޭމް އޮފް ތްރޯންސްގެ ކެރެކްޓާތަކުގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ޓިރިއަންގެ ކެރެކްޓާ ވަރަށް ކަމުދެއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ޓިރިއަން އަކީ ވަރަށް ހޮތަވަރުގަދަ ކެރެކްޓާއެކެވެ. 

އެންމެ ފަހުން ޓީޒަރއެއް ނެރުނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެގޮތުން، "އާފްޓާމެތް" ގައި ދައްކަނީ ޓިރިއަންގެ ހޭންޑް އޮފް ދަ ކިންގް ޕިން އާއި ބްރޭންޑަން ސްޓާކް (އައިސާކް ހެމްޕްސްޓެޑް ރައިޓް) ގެ ފުރޮޅުލީގޮނޑި އަދި ޖޮންގެ ވެލޭރިއަން ސްޓީލް ކަނޑި، އާރޔާގެ ކަނޑި ނީޑްލް، ޑެނޭރިސް ޓާގޭރިއަން (އެމިލިއާ ކްލާކް) ގެ ޑްރެގަން ޗެއިން، ސްނޯގަނަޑު ތެރެއަށް ވެއްޓިފައިވާ މަންޒަރެވެ. ދެން ފެންނަނީ ކަޅު ހިޔަންޔެއް އަންނަ ތަނެވެ. 

ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބައެއް ކެރެކްޓަރުންތައް ސީރީޒްގައި އިތުރަށް ނުފެންނާނެހެން ވާހަކައިގައި މަރާލައިފައިވުމުން މި ސީޒަންގައި ދެން ދިރިތިބޭނީ ކޮން ކެރެކްޓަރުންނެއް ކަމާއިމެދު ބެލުންތެރިންގެ ހިތުގައި ވަނީ ވަރަށް ސުވާލު އުފެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.