ހދ. ނެއްލައިދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށްދެވުމަށް ގޮވާލައި އެރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.
ނެއްލައިދޫގެ ރައްޔިތުން ތިބީ އެރަށުން އަވަސް އަވަހަށް ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް ނުލިބޭތީ މާޔޫސްވެފައެވެ. އެރަށުން އަވަސް އަވަހަށް ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުން މުޒާހަރާ ފަށާފައިވަނީ މިއަދު ހެނދުނު ދިހައެއް ޖަހާކަށް ހާއިރެވެ. މައުލޫމާތު ލިބޭ ގޮތުގައި މުޒާހަރާ ކުރަން އެއްވެ ތިބި ރައްޔިތުން ޑިމާންޑް ކުރަމުން ދަނީ އަވަސް އަވަހަށް އެރަށުން ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ވީހާވެސް އަވަހަކަށް ހޯދައި ދިނުމަށެވެ.
ހދ. ނެއްލައިދޫ އަކީ އާބާދީގައި 1300 މީހުން ދިރިއުޅެމުންދާ ރަށެކެވެ. އެރަށުން އަވަސް އަވަހަށް ކަރަންޓް ކެނޑުމުގެ މައްސަލައަށް މިހާތަނަށް ދާއިމީ ހައްލެއް ލިބިފައި ނުވާތީ ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި، އަވަސް އަވަހަށް ކަރަންޓް ކެނޑުމުގެ ސަބަބުން ގޭތެރެ ބޭނުންކުރާ އަގު ބޮޑު މުދަލަށް ގެއްލުންވާތީ އެކަމުގެ ޝަކުވާވެސް ރައްޔިތުން ދަނީ ކުރަމުންނެވެ.
މުޒާހަރާ ތެރޭގައި ރައްޔިތުން ދަނީ ކަރަންޓް އަވަސް އަވަހަށް ކެނޑޭތީ ސިއްހީ ހިދުމަތުންވެސް މަހްރޫމުވެފައިވާ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ. ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އެރަށު ފެނަކަ ބްރާންޗް ކައިރިއަށް އެއްވެފައެވެ.