މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އީވާ އަބްދުﷲގެ ކެމްޕޭން ޓީމުން މަގުތަކުގައި ދަމާފައި ހުރި ބެނާތަކާއި ފާރުތަކުގައި ހިއްޕާފައި ހުރި ބިލްބޯޑުތަކުގެ އިތުރުން ޕޯސްޓަރުތައް ނަގައިފިއެވެ.
އީވާ ވަނީ ގަލޮޅު އުތުގައި އޭނާގެ ކެމްޕޭން ޓީމުން ދަމާފައި ހުރި ބެނާތަކާއި ދިދަތަކުގެ އިތުރުން ހަރުކޮށްފައިވާ ބިލްބޯޑުތަކުގެ ތެރެއިން ނުނެގި އެއްވެސް އެއްޗެއް ހުރި ނަމަ އޭނާއަށް އަންގައިދިނުމަށް އެދިލައްވާފައެވެ.
އީވާ އަބްދުﷲ އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ގަލޮޅު އުތުރު ތަމްސީލް ކުރެއްވި މެމްބަރެވެ.