ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުން ކުޑަކުދިން އުފަންވާއިރު އެކުދިންގެ ގައިގައި ފެތުމުގެ ކުޅަދާނަކަން ހުރެއެވެ. މިހެން އެމީހުންނަށް ހީވުމުގެ ފަހަތުގައި ސަބަބުތަކެއް ވެއެވެ. އެއީ ކުޑަކުދިން ފެނަށް ލުމުން އެކުދިން ފެނުގެ ތެރޭގައި ލޯ ހުޅުވައި، ނޭވާ ހިފަހައްޓައި، އަތްފަތް ހަރަކާތްކޮށް ހަދާތީއެވެ.

އަސްލު އުފަންވާއިރު ކުޑަކުދިންނަށް ފަތަން ދަސްވެފައި ނުހުންނާނެއެވެ. ކުޑަކުދިންގެ ގައިގައި ހުންނަ "ރީފްލެކްސް" ނުވަތަ ކަންކަމަށް ބޭއިޚްތިޔާރުގައި ކުރާ ރައްދު ހަރާކާތްތައް ހުންނަ ގޮތުން އެހެން ހީވެދާނެއެވެ.

"ބްރޭޑީކާޑިކް" ނަމަކަށް ކިޔޭ ރީފްލެކްސް އެއްގެ ސަބަބުން ފެނަށް ލުމުން ކުޑަކުދިން، އެކުދިންގެ ނޭވާ ހިފަހައްޓާ، ލޯ ހުޅުވުން ފަދަ ކަންކަން ކުރެއެވެ. މި ގޮތަށް ކުޑަކުދިން އަމަލުކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ އިތުރު އެއް ކަމަކީ، އެކުދިންގެ މޫނަށް ފުމުމެވެ. އުމުރުން 6 މަސް ފަހުން މިފަދައިން އަމަލުތައް ބެހެއްޓުން ކުއްޖާގެ ފަރާތުން ނުފެންނާނެއެވެ.

ގާތްގަނޑަކަށް ހަމަސް ވުމުގެ ކުރިން އަބަދުވެސް ކުޑަކުދިން ފެނަށް ލުމުން ބަންޑުން އޮވެ، އަތްފަތް ހަރަކާތް ކުރެއެވެ. މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން ގުދުރަތީ ގޮތުން އެކުދިންގެ ފިތުރަތުގައި ފެތުމުގެ ހުނަރު ހުންނަ ކަމަށް ސިފަވެއެވެ.

ކުޑަކުދިންނަކީ އަމިއްލައަށް ވިސްނިގެން ފެނަށް ލުމުން ނޭވާ ހިފަހައްޓައި، ފަތަން އެނގޭއަށްވުރެ ވިސްނުން ޅަ ކުދިންނެވެ. އެހެން ކަމުން ފެނަށް ލުމުން އެކުދިން ގެނބުމުގެ ފުރުސަތު ބޮޑެވެ. އެއީ ކުރަން ނުރައްކާތެރިކަމެކެވެ.

ކުޑަކުދިންނަށް ފެތުމުގެ ކުޅަދާނަކަން ލިބިގެން ނުވިނަމަވެސް، ފެނަށް ލުމަކީ އެކުދިން ވަރަށް ހިތްއުފާކޮށްދޭ ކަމެކެވެ. ފެނާ ކުޅި، ފެން ބުރުވުމަކީ އެކުދިން ވަރަށް ގަޔާވާ ކަމެކެވެ. އެހެންކަމުން ބެލެނިވެރިއެއްގެ ހާޒިރުގައި ކުއްޖާ ފެންގަނޑަކަށް ލައި، ފެނާ ކުޅުމުގެ ފުރުސަތު އެކުދިންނަށް ދިނުމަކީ މުހިންމު ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *