ކުދިން ސުކޫލު ނިމުމުން ފޯނު ދިނުމަކީ ވަރަށް ފަހަކާއި ޖެހެންދެންވެސް ދިވެހިންގެ ތެރޭގައި އޮތް ވަރަށް ރަނގަޅު އާދައެކެވެ. އަޅުގަނޑުމެން ކިޔަވައި އުޅުނު ދުވަސްވަރުވެސް ފޯނެއް ލިބުނީ ސުކޫލު ނިމުމުންނެވެ. ކިޔެވި ދުވަސްވަރު ފޯނެއް ގެންގުޅެލަން ކިތަންމެހާވެސް ބޭނުންވިއެވެ. ނަމަވެސް ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހަރުލާފައި އޮތް އެރީތި އާދަކާދަ މިދަނީ މަޑުމަޑުން ދިވެހިންގެ ތެރެއިން ނެތެމުންނެވެ. މިހާރު އުމުރުން އެންމެ 10 އަހަރުގެ ކުއްޖެއްގެ އަތުގައިވެސް އެންމެ ފަހުގެ ސްމާޓް ފޯނެއް އޮވެއެވެ. ކުދިން ކިޔަވައި ނުނިމެނީސް މޯބައިލް ފޯނު ދިނުމަކީ ކުއްޖާގެ އަހުލާގަށް އަދި ކިޔެވުމަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެކެވެ. ބެލެނިވެރިން ވިސްނާ ނުލާ ކިޔަވައި ކުދިންގެ އަތަށް ފޯނު ފަ އެއްޗެހި ދިނުމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

އުމުރުން ތޭރަ އަހަރުގައި ނުވަތަ ފަނަރަ އަހަރުގައި، ދަރިފުޅު އަތަށް ސްމާޓް ފޯނެއް ދިނުމުން ދެން ވާނެ ގޮތަކާއި މެދު ވިސްނާލީން ތޯއެވެ؟ ކިޔަވައި ދުވަސްވަރު ފޯނުން ދިނުމުން ކުއްޖާގެ ކިޔެވުމަށް ބުރޫ އަރައި، ނަތީޖާތައް ދަށްވެއެވެ. ގިނަ ބެލެނިވެރިން ކިޔަވައި ކުދިން އަތަށް ފޯނު ދެނީ އެކުދިން ކިޔެވުމުގެ ކަންކަމުގައި ބޭނުން ކުރުމަށެވެ. ނަމަވެސް، ދެބައިކޮޅު އެެއްބަޔަށް ވުރެ ދިން އިންސައްތައެއްގެ ކުދިން ބެލެނިވެރިން ފޯނު ދިނުމުން  އޭގެ ބޭނުން ކުރަނީ ކިޔެވުމަށް ނޫނޫ ކިޔެވުމާއި ގުޅޭ ކަންކަމުގައެއް  ނޫނެވެ. ގިނަ ފަހަރަށް އެކުދިން، އެގޮތަށް ފޯނު ދިނުމުން އެ ބޭނުން ކުރަނީ ތަފާތު އެކި ގޭމްތައް ކުޅުމަށެވެ. ނަތީޖާއަކަށް ވަނީ ކުއްޖާ ކިޔަވަން ނުވަތަ ފިލާވަޅު ދަސްކުރަން ހޭދަކުރާ ވަގުތު މަދުވެ، އެކުވެރިންނާއި އެކު ގޭމް ފަދަ އެއްޗެހި ކުޅުމުގައި ގިނަ ވަގުތު ހޭދަކުރެއެވެ. ކިޔަވަން ވަގުތު ހޭދަނުކޮށް ފޯނުން ގޭމު ކުޅުމުގައި ވަގުތު ހޭދަކުރުމުގެ އާޚިރު ނަތީޖާއަކަށް ވަނީ އިމްތިހާނު ތަކުން ފެއިލްވެ، ކުއްޖާގެ ކިޔެވުން ހަލާކުވުމެވެ.

ކިޔަވައި ދުވަސްވަރު ފޯނު ނުދޭންވީ އަނެއް ސަބަބަކީ، ކުއްޖާ ފޯނުން އުމުރާއި ނުގުޅޭ ކަންކަން ކުރުމަށް ބޭނުން ކުރާތީއެވެ. އުމުރާއި ނުގުޅޭ ކަންކަން ގޮތުގައި އަޅުގަނޑު މިފާހަގަ ކޮށްލީ ބަރަހަނާ ފޮޓޯތައް ނުވަތަ ވީޑިއޯތައް ބެލުމުގެ ވާހަކައެެވެ. ކުއްޖާއަށް ވައިފައި އާއި އެކު ސްމާޓް ފޯނެއް ދިނުމުން ހަމަގައިމުވެސް ކުއްޖާ ބަލާނީ ފިލާވަޅުތަކާއި ގުޅޭ ވީޑީއޯތަކެއް ނޫނެވެ. ކުއްޖާ ކިޔަވައި ދުވަސްވަރަކީ، ވަރަށް ގިނަ ކަންކަން ވިސްނާ ނަގައިގަންނަން ފަށައި ދުވަސްވަރެކެވެ. އެހެންކަމުން، ކިޔަވައި ދުވަސްވަރު ފޯނު ދިނުމުން ކުއްޖާ އުމުރާއި ނުގުޅޭ ވީޑިއޯތަކާއި ފޮޓޯތައް ބެލައި ހެދުމުގެ ސަބަބުން ކުއްޖާގެ އަހްލާގް ގޯސްވެ ކިޔެވުމާއިވެސް ވަރަށް ދުރަށް ދެއެވެ. ކުއްޖާގެ ނަތީޖާތައް ދަށްވެއެވެ.

ކުދިން ކިޔަވައި ދުވަސްވަރު މޯބައިލް ފޯނުން ދިނުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ، ޅަ އުމުރުގައި ބިޓުން ނަގައި ހެދުމެވެ. މިއީ އެހާ ބޮޑަށް އަޅައި ނުލައި ދޫކޮށްލެވުނަސް އަސްލުގައި ވަރަށް ސީރިއަސް މައްސަލައެކެވެ. ކިޔަވައި ދުވަސްވަރު ބިޓުން ނަގައިގެން އުޅުމަކީ ކުއްޖާގެ ނަތީޖާ ދަށްވުމަށް މެދުވެރިވާ އެންމެ މުހިންމު އެއް ސަބަބެވެ. ގިނަ ކުދިން ކިޔަވައި ދުވަސްވަރު ބިޓުން ނަގައިގެން ފާޑު ފާޑަށް އުޅެނީ އަތަށް މޯބައިލް ފޯނު ފަދަ އެއްޗެހި ދީފައި އޮންނާތީއެވެ. ކިޔަވައި ދުވަސްވަރު ބިޓުން ނަގައިގެން އަބަދު ފޯނުން ޗެޓް ކޮށް ނުވަތަ ގުޅައި ހަދައިގެން އުޅުމުގެ ސަބަބުން ކުއްޖާ ކިޔެވުމަކަށް ވަގުތެއް ހުހެއް ނުކުރެއެވެ. މީގެ ސަބަބުންވެސް ކުއްޖާ އިމްތިހާނު ތަކުން ފެއިލްވެ ނުކިޔަވާ ބޮޑުވާ ކުއްޖަކަށް ވެގެން ދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.