އައިސްއަލަމާރީގެ އަސްލު ބެނުމަކީ ބެކްޓީރިއާއިން ކާބޯތަކެތި ސަލާމަތް ކުރުމަށް އެތަކެތި ފިނިކޮށްފައި ބެހެއްޓުމެވެ. ނަމަވެސް ބޭސް ފަދަ އެއްޗެހި އައިސްއަލaމާރީގައި ބަހައްޓާ ގޮތަށް މޭކަޕް ކުރަން ބޭނުންކުރާ ބައެއް ސާމާނާއި ގައިގަ އުނގުޅަން ގެންގުޅޭ ތަކެތިވެސް އައިސްއަލަމާރީގައި ބެހެއްޓުމުން އޭގެން ކުރެވޭ ބޭނުން އިހުނަށްވުރެ ފުރިހަމަ ވެގެންދެއެވެ. 

ލޮލުގައި އެޅުމަށް ބޭނުންކުރާ އަނދުން ފަންސޫރު 

ލޮލުގައި އަނދުން އެޅުމަކީ މޭކަޕްގެ ތެރެއިން އެންމެ ގިނައިން މީހުން ކުރާ އެއް ކަމަކަށް ވާއިރު، ލޮލުގައި އަނދުން އެޅުމުގައި އެކި މީހުން އެކި އުސޫލުތައް ގެންގުޅެއެވެ. އެގޮތުން އެއްބައި މީހުން އަނދުން އަޅާނީ ލޮލުގެ ކަޅިރަވައިގައެވެ. އަނެއްބައިމީހުން އަނދުން އަޅާނީ ލޮލުގެ މަތީގައި އެކަންޏެވެ. އަނދުން ފަންސޫރު އައިސްއަލަމާރިއަށް ލުމުން، ލޮލުގެ މަތީގައި އަނދުން އަޅަން ބޭނުންވާ މީހުންނަށް ވަރަށް ފަސޭހަވެގެންދާނެއެވެ. ސަބަބކީ އައިސްއަލަމާއރިއަށް ލުމުން އަނދުންތައް ހަރުވެ، އެމީހުން ބޭނުންވާ " ވިންގް" ވަރަށް ރީތިކޮށް ކުރަހާލެވޭނެއެވެ. އަދި ފަންސޫރު ތުނޑު ތޫނުކުރަންވެސް ފަސޭހަވެގެންދާނެއެވެ.

ގަޔަށް ޖަހާ ސެންޓު

ސެންޓަކީ ގައިގަ ހުންނަ ވަސްތައް ދުރުކޮށް، މީރުވަސް ދުއްވައިދިނުމަށް އެހީވާ އެއްޗެކެވެ. އަވީގަޔާއި ހޫނުގައި އަދި އުދާސް ތަންތަނުގައި ބެހެއްޓުމުން ސެންޓުގައި ހުންނަ ކެމިކަލްތަކަށް އަސަރު ކުރުވާނެއެވެ. ނަމަވެސް އައިސްއަލަމާރީގައި އެތަކެތި ބަހައްޓައިފިނަމަ އެހެންވުން ލަސް ކޮށްދެއެވެ. އެހެންކަމުން އައިސްއަލަމާރިއަށް ލުމުން، ސެންޓުގެ އަސަރު ކެނޑުން ލަސްވާނެއެވެ. އަދި ގަޔަށް ސެންޓު ޖަހާލާއިރު ފިނިވެސްވާނެއެވެ. 

ލޯކައިރި އުނގުޅާ ކްރީމްތައް 

އަހަރެމެން ލޮލުގައި ތަފާތު ކްރީމްތައް އުނގުޅަނީ ލޯކައިރި ރީތިކުރުމަށާއި ލޯކައިރި ދުޅަވުމާއި ކަޅުވުންފަދަ ކަންތައްތައް މަދުކުރުމަށެވެ. އެފަދަ ތަކެތި ލޯކައިރި އުނގުޅާލުމުންވެސް ބައެއްފަހަރު ލޮލަށް ފިނިކަމެއް ގެނުވައިދޭނެއެވެ. އެހެންކަމުން ލޯލކައިރި އުނގުޅާ ކްރީމް ފަދަ ތަކެތި އައިސްއަލަމާރިއަށް ލާންވާނެހޭ އެއީ ކުރާކަހަލަ ސުވާލެއްވެސް ނޫނެވެ. ކްރީމް ފަދަ ތަކެތި އުނގުޅާލުމުން އެ ލިއްބައިދޭ ފިނިކަން، އެތަކެތި އައިސްއަލަމާރިއަށް ލުމުން ދެގުނަ އިތުރުވެގެންދާނެއެވެ. 

ނިޔަފަތީގައި އުނގުޅާ "ނެއިލް ޕޮލިޝް" 

ނިޔަފަތީގައި ތަފާތު ކުލަކުލަ ޖެއްސުމަކީ ނިޔަފަތިތައް ރީތި ކުރަން ބޭނުންވެގެން، އެތައް ބަޔަކު ކުރަމުންދާ ކަމެކެވެ. ނިޔަފަތީގައި ޖައްސާ "ނެއިލް ޕޮލިޝް" އަކީ ވަރަށް ފަސޭހައިން ހިކޭ، އޮލަ ޒާތަކަށް ހުންނަ އެއްޗެކެވެ. ނެއިލް ޕޮލިޝް ހިކުމާއި، ނިޔަފަތީގައި ޖައްސަން އުނދަގޫވާވަރަށް އޮލަވެގެން ދިއުމަކީ މީހުން އެންމެ ދެރަވާ އެއްކަމަކަށްވެއެވެ. އެކަމުން ތިމާގެ ނެއިލް ޕޮލިޝް ފުޅިތަކަށް އެހެން ވިޔަނުދީ ސަލާމަތްކުރަން ބޭނުންވާނަމަ އެތަކެތި އައިސްއަލަމާރިއަށް ލުން ބުއްދިވެރިއެވެ. ސަބަބަކީ އައިސްއަލަމާރީގައި ހުރުމުން ހޫނުންނާއި އަވިން ސަލާމަތްވެ ހަރުވާލެއް ލަސްވާނެއެވެ. 

މޫނުގައި އަޅާ "ފޭސް މާސްކް" 

މޫނު ރީތިކޮށް ބެހެއްޓުމައްޓަކައި އެންމެންވެސް ވަރަށް ގިނަ ކަންކަން ކުރެއެވެ. އެގޮތުން "ފޭސް މާސްކް" ތަކަކީ އެތައް ބައެއްގެ ތަރުހީބު ލިބިފައިވާ އެއްޗެކެވެ. ފޭސް މާސްކްގެ ތަފާތު ވައްތަރުތައް ހުންނައިރު، މޫނެއްގެ ބައްޓަމަށް ކަފާފައި ހުންނަ ފޭސް މާސްކާއި މޫނުގައި މާސްކެއްހެން އުނގުޅާލެވޭފަދަ އެއްޗެހި ގުޅިފުޅީގައާއި ދަޅުގައިވެސް ހުރެއެވެ. އެހުރިހާ ތަކެތިވެސް އައިސް އަލަމާރިއަށް ލުމުން މޫނަށް އޭގެން ލިބޭ ފަރުވާގެ އަސަރު އިތުރުވެގެންދާނެއެވެ. އައިސްއަލަމާރިން ނަގާފައި އެތަކެތި މޫނުގައި އަޅާލުމުން ނުވަތަ އުނގުޅާލުމުން މޫނަށް ފިނިވެގެން ދިއުމުން މޫނުގައިވާ ދުޅަކަމާއި ރަތްކަން ފިލުވާލައި އައްސިކޮށްލައެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.