ތަފާތު ބޮޑު ނަތީޖާއަކުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ، ދަނގެތީ ދާއިރާގެ މެންބަރުކަމަށް ކުރީގެ ރައީސް, އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް އިންތިހާބުވެއްޖެއެެވެ.

ހޮނިހިރު ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަނގެތީ ދާއިރާއަށް ވާދަކުރެއްވި ހަތް ކެންޑިޑޭޓުންނާއި ވާދަކުރައްވާ ކާނަލް ނާޒިމް އެ ދާއިރާގެ ގޮނޑި ޔަގީން ކުރެއްވީ, 51.29 އިންސައްތަ މީހުންގެ ވޯޓާއި އެކުގައެވެ. ކާނަލް ނާޒިމް ދަނގެތީ ދާއިރާއަށް އިންތިހާބުވީ، ޖުމްހޫރީ ޕާޓީ، ޖޭޕީގެ ޓިކެޓުގައެވެ.

ކާނަލް ނާޒިމްއާއި އެންމެ ގާތުން، އެންމެ ގިނަ ވޯޓު ލިބިފައިވަނީ އަމިއްލަ ގޮތުން އެދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް މައުމޫން އަބްދު ސަމަދަށެވެ. އެގޮތުން އޭނާއަށް 564 ވޯޓު ލިބިފައިވެއެވެ.

ދަނގެތީ ދާއިރާގެ ގޮނޑި ކާނަލް ނާޒިމް ކަށަވަރުކުރެއްވި އިރު މިހާރު އެދާއިރާގެ މެންބަރުކަން ކުރައްވަމުން އަންނަނީ އިލްހާމް އަހުމަދެވެ. އޭނާއަކީވެސް ޖުމްހޫރީ ޕާޓީ، ޖެޕީގެ ކެންޑިޑޭޓެކެވެ.

ކާނަލް ނާޒިމަކީ މިހާރު ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.