ދުނިޔޭގައި ތަފާތު ވައްތަރުގެ މީހުން އުޅެއެވެ. އެކި ދަރިފަސްކޮޅަށް ނިސްބަތްވާ މީހުންނާއި ތަފާތު ސަގާފަތްތައް ދަމަހައްޓާ މީހުންނެވެ. އަދި ދިގު މީހުންނާއި ކުރު މީހުންނެވެ. އެންމެ ގިނައިން މީހުން އެވާހަކަ ދައްކާ ގޮތެއްގައި, ފަލަ މީހުންނާއި ހިކި މީހުންނެވެ.

ނުފެންނަތާ ގިނަ ދުވަސްވެ ރައްޓެއްސަކު މަގެއްމަތިން ފެނުނަސް އެންމެ ފުރަތަމަ މީހުންގެ ހިތަށް އަރާނެ އަދި ބުނާނެ ބަހަކީ "ކޮބާ ހާދަ ފަލަވެއްޖެއޭ" އެވެ. އެމީހަކު ފަލަ ކަމުގައި ވިޔަސް ނުވަތަ ފަލަނޫން ކަމުގައިވީނަމަވެސް މީހުން މިހެން ބުނެއުޅެއެވެ. އަދި ފަލަ މީހެއް ނަމަ އެހެން ބުނެލާ ވަގުތު ހީ ސަމާސަ ކޮށްލަފާނެއެވެ. ނަމަވެސް ހަގީގަތަކީ އެފަދަ އެއްޗެއް ބުނުމުން ގިނަ ފަހަރު މީހުންގެ ހިތުގައި ޖެހެއެވެ.

މީހުންނަށް ފަލައޭ ކިޔާ މަލާމާތްކޮށް ހަދާއިރު އެމީހުންނަކީވެސް ގަސްދުގައި ފަލަވެފައި ތިބޭ ބައެއް ނޫނެެވެ. އަދި އޭގެ ތެރެއިން ބައެއް މީހުނަކީ އެކިގޮތްގޮތުން ހިކެން މަސައްކަތް ކުރާ ބައެކެވެ. އެހެންކަމުން ކުއްލިއަކަށް އެފަދަ މީހަކާއި ދިމާލަށް އެހެން ބުނުމުން އެމީހުންގެ ހިތްވަރު އެލިގެންދާނެއެވެ. އަދި ދެން ދުވަހަކު ހިކެން މަސައްކަތް ނުކޮށްވެސްފާނެއެވެ. އެހެންކަމުން، ދެންފަހަރަކުން މީހަކާ ދިމާލަށް އެފަދަ އެއްޗެއް ބުނުމުގެ ކުރިން ވަރަށް ބޮޑަށް އެމީހެއްގެ ހަލަތާއި މެދުވެސް ވިސްނާލަން ވާނެއެވެ. 

މިހާރަކަށް އައިސް މީސް މީޑިއާގައި ދައުރުވަމުންދަނީ "ފަލަވިޔަސް ކާނަން" މިހެން ބުނެފައި ހުންނަ ސްޓޭޓަސްތަކެވެ. ހައިރާން ވާން ޖެހޭ އަނެއް ކަމަކީ މިހެން ލިޔެފައި ހުންނަނީ ހަމައެކަނި ހަށިގަނޑު ފަލަކޮށް ތިބޭ މީހުން އެކަނި ނޫންކަމެވެ. ހިކި މީހުންވެސް މިފަދައިން ބުނެފައި ހުރެއެވެ. ސަބަބަކީ މިހާރު "އޭނަ ފަލަ، މީނަ ފަލަ" މިހެން ކިޔާ އަޑު އަހައަހާ މީހުން ތިބެނީ ފޫހިވެފައެވެ. "ޗަބީ"ކޮށް ތިބޭ މީހުންގެ ފޮޓޯ ލާފައި ބައިވަރު ހިތްތަކާއި އެފަދަވެސް އެމީހުން އުފާވާނެ ފަދަ އެއްޗެހި ލިޔެފައި ހުންނަތަންވެސް ވަރަށް ގިނައިން ފެނެއެވެ.

ފަލަވުމަކީ ދެރަވެ ހިތާމަ ކުރަންޖެހޭ ކަމެއް ނޫނެވެ. އަދި ފަލަ މީހުންނަށް ފުރައްސާރަކުރުމަކީ މޮޅު ކަމެއް ވެސް ނޫނެވެ. އެކަމުން އަންގައިދެނީ ތިމާގެ ހުރި ގޮތްކުޑަމެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ، މުޖުތަމައުގައި ވެއްޓޭނީ ތިމާގެ އަގެވެ. އެމީހަކު ކައި އުޅޭނެ ގޮތަކާއި ކާނެ އެއްޗަކާއި އަދި ކުރާނެ ކަމެއް އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށެވެ. އެހެންކަމުން އެހެން މީހަކު އެފަދަ ކަމަކަށް އެއްޗެކޭ ބުނުމަކުން އެއީ ދެރަވެ ހިތާމަ ކުރަން ޖެހޭ ކަމެއް ނޫނެވެ. 

ފަލަވިޔަސް ހިކިވިޔަސް އަދި ދޮންވިޔަސް ކަޅުވިޔަސް، އަބަދުވެސް ތިމާ ހުންނަ ގޮތަކާއިމެދު ފަހުރުވެރިވެ ތިބޭށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *