6 އެޕްރިލްގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރުގެ އާއިލީ ހިއްސާއެއް އޮންނަ ގެސްޓް ހައުސްއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. 

އއ. މަތިވެރީގައި ވާ އެ ގެސްޓްހައުސްގައި މިރޭ ރޯވި އަލިފާންގަޑު ވަނީ ރައްޔިތުން ނުކުމެ ފެން ޖަހައިގެން ނިއްވާލާފައެވެ. ޒަމާނީ ފެންވަރަށް ހަދަމުން އަންނަ އެ ގެސްޓު ހައުސްގައި 25 ކޮޓަރި ނިމިފައިވާ އިރު 25 ކޮޓަރީގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެ އެވެ. ދެ ބުރި އަށް ހަދާފައިވާ ކާޒާ މިއާގެ ތިން ކޮޓަރީގައި ރޯވި އަލިފާން ނިއްވާލެވުނު އިރު، ކޮޓަރިތައް އަދައި، ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އިތުބާރު ހިފޭ ފަރާތެއް ޖަޒީރާއަށް މައުލޫމާތުދިން ގޮތުގައި، މިވަގުތު އެތާގައި އުޅެމުން އަންނަނީ އެތަނުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކެވެ.

އެރަށުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެއީ ބަޔަކު ގަސްތުގައި ހިންގާފައިވާ އަމަލެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.