ސާޅީސް ގެރި ހަދިޔާކުރި ފިރިހެނަކާއި އަންހެން ކޮއްކޮ ކައިވެނި ކުރަން ދެކޮޅު ހެދުމުން އަނިޔާކޮށް މަރާލައިފިއެވެ.

ދެކުނު ސޫދާންގައި ހިނގި މި ހާދިސާގައި މަރާލައިފައިވަނީ 20 އަހަރުގެ ޒުވާން އަންހެނެކެވެ. އަދި އެ އަންހެން ކުއްޖާ މަރާލީ، އޭނާގެ ބޭބެ ކަމަށް ދެކުނު ސޫދާންގެ ސްޓޭޓް މިނިސްޓަރ ތާބަން އަބަލް އާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

މަރާލެވިފައިވާ އަންހެން ކުއްޖާއަށް ކިޔަނީ، ނީލުކް މަގްރޮކްއެވެ. މި މައްސަލައިގައި ނީލުކްގެ ބައްޕަ އާއި އޭނާގެ ބޭބެ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ދެކުނު ސޫދާންގައި މިދިޔަ އަހަރުވެސް ވަނީ އާއިލާއިން ދެއްކި މީހަކާއި ކައިވެނި ނުކުރުމުން އަންހެނަކު މަރާލައިފައެވެ. ދެކުނު ސޫދާން ފާހަގަވެފައި އޮންނަނީ  އަންހެން ކުދިންނަށް މަޖުބޫރުން، ބިރުދައްކައިގެން ކައިވެނި ކުރުވާ މައްސަލަތައް ގިނަ ގައުމެއްގެ ގޮތުގައެވެ.

ޔުނިސެފުން 2017 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އެގައުމުގެ 52 އިންސައްތަ އަންހެނުންނަކީ 18 އަހަރު ފުރޭ އިރަށް މީހުންނާއި ކައިވެނި ކުރާ މީހުންނެވެ. އަދި 18 އަހަރު ނުފުރެނީސް ކައިވެނި ކުރުމަކީވެސް އެގައުމުގައި ބޮޑުވެފައިވާ މައްސަލައެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *