މއ. ސީނުއާ ކިޔާ ގެއެއްގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ވިދާޅުވީ، މައްޗަންގޯޅީގައި އިން ގެއެއްގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހާދިސާގެ ރިޕޯޓް އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިޔު ޓީމަށް ލިބުނީ މިރޭ 19:44 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއި އެކީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން އެސަރަހައްދަށް ގޮސްފައިވާ ކަމަށެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމްއެންޑީއެފްގެ ފަޔަރ އެންޑު ރެސްކިއު ޓީމުން 20:02 ހާއިރު އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އެމްއެނޑީއެފުން ބުނީ، އަލިފާން ރޯވެފައިވާ ގުދަނަކީ ދެބުރިއަށް ނަގާފައިވާ ގެއެއް ކަމަށާއި، އަދި ރޯވެފައިވަނީ ގުދަނުގެ އެއްވަނަ ބުރިން ކަމަށެވެ. އަދި އަލިފާން ރޯވީ އެތާ އެތެރޭގައި ހުރި ޗާކޯލް ތަކަކާއި އެހެނިހެން ސާމާނުތަކެއްގައި ކަމަށެވެ. އެ އަލިފާނުފެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.