ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ އެންމެ ހަތަރު ކަނބަލުންނެވެ. އެ ހަތަރު ކަނބަލުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެފައިވަނީ އެމްޑީޕީގެ ޓިކެޓްގައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޮވިވަޑައިގެންނެވި ކަނބަލުންގެ ތެރެއިން ފުރަތަމަ ކަނބަލަކީ އީވާ އަބްދުﷲ އެވެ. އީވާ އަބްދުﷲ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަށެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެދާއިރާއަށް ދެން ވާދަކުރެއްވި ހަތަރު ކެނޑިޑޭޓުން ބޮޑު ތަފާތަކުން ބަލިކުރުމަށް ފަހު ގައެވެ.

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވައި ރޮޒެއިނާ އާދަމް ވެސް ވަނީ ރައްޔިތުންގެ މަޖިލީހުން ޖާގަ ހޯއްދަވާފައެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ރޮޒެއިނާ އާދަމް އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެދާއިރާއަށް ވާދަކުރެއްވި އިދިކޮޅު ދެ ކެނޑިޑޭޓުން ބޮޑު ތަފާތަކުން ބަލިކުރައްވާފައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ދެން ހޮވިވަޑައިގެން ކަނބަލަކީ، ޖީހާން މަހުމޫދެވެ. ޖީހާން މަހުމޫދުވެސް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާއަށް ކުރިމަތިލައްވާ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާފައެވެ. ޖީހާން މަހުމޫދު ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، ދެން އެދާއިރާއަށް ވާދަކުރެއްވި ދެ ފިރެހެން ބޭފުޅުންނަށް ބަލިކުރެއްވުމަށް ފަހުގައެވެ. ހިންނަވަރު ދާއިރާއަށް ދެން ވާދަކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި ކެނޑިޑޭޓް އަބްދުﷲ ނާޒިމް އިބްރާހިމާއި އަދި ޖޭޕީގެ ޓިކެޓްގައި ވާދަކުރެއްވި ކެނޑިޑޭޓް ޒިޔާދް ރަޝީދެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގެން ފަހު ކަނބަލަކީ ހިސާން ހުސެއިނެވެ. ހިސާން ހުސެން ކާމިޔާބު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ގޮނޑިއެވެ. ހިސާން ހުސެން ތުޅާދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ، އެދާއިރާއަށް ދެން ވާދަކުރެއްވި ތިން ކެނޑިޑޭޓުން ބޮޑު ތަފާތަކުން ބަލިކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.