އެޖެންޑާ 19 އަށް ރައްޔިތުން އާނއެކޭ ބުނެ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވައިދެއްވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު ދަންނަވައިފިއެވެ،

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިއްޔެ ބޭއްވުނު ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މައްޗަންގޯޅި މެދު ދާއިރާއަށް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ހޮއްވެވީމައި، އެމަނިކުފާނު ވަނީ އެދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްދެއްވާފައެވެ. އަދި އެމްޑީޕީއަށް ނަވާރަވަނަ ރައްޔިތުންގެ މަަޖިލީހުގެ މެޖޯރިޓީ  ހޯއްދައިދެއްވުމުން، ރައީސް ނަޝީދުވަނީ ރާއްޖޭގެ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި އެމްޑީޕީން ވަނީ، 64 ގޮނޑި ކާމިޔާބު ކުރައްވައިގެން މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެއް ހޯދާފައެވެ.މިހާތަނަށް ލިބިފައިވާ އެމްޑީޕީން ވަނީ އައްޑޫ ސިޓީގެ ހުރިހާ ގޮނޑިތަކެއް ކާމިޔާބު ކުރައްވާފައެވެ. ރޭގައި ވަނީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރެއްވުމަށް ލޮނުޒިޔާރަތް ކޮޅުގައި ހާއްސަ އެއްވުމެއް ބާއްވާފައެވެ. މިއެއްވުމުގައި ވަނީ ކުރީގެ ރައީސް ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެސް ބައިވެރިވެޑައިގަތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.