ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް މިޜޭގެ ވަގުތެއްގައި އިއުލާން ކުރަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު މެންދުރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މީރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރަން ފަށާނެ ކަމަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުން އިއްޔެ ވަނީ މުޅި ރާއްޖޭގައި އަދި ބޭރުގެ ބައެއް ގައުމުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އިއްޔެ އަށެއް ޖަހާއިރު މަދު ފޮށިތަކެއް ނުން ހުރިހާ ފޮއްޓެއްގައި ވޯޓް ލުން ފަށިއިރު، އިއްޔެ އިރުއޮއްސި ހައެއް ޖެހިއިރު ވަނީ ކިއުތައް ބަންދުކޮށް ވޯޓްލުން ނިންމާލާފައެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެފައިވަނީ ރާއްޖޭ ތާރީޚްގައިވެސް އެންމެ އަމާން ކަމާއި އެކު ބޭއްވުނު އެއް އިންތިހާބަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގިނަ އަދަދެއްގެ ދާއިރާތަކެއްގެ ވޯޓް ގުނުން ވަނީ ނިންމާލާފައެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުގައި، އެމްޑީޕީން ވަނީ ސުޕަރ މެޖޯރިޓީ އަކާއެކު 64 ގޮނޑިއެއް ކާމިޔާބު ކުރައްވާފައެވެ.  މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ޖޭޕީއަށް ކާމިޔާބް ކުރެއްވުނީ 6 ގޮނޑިއެވެ. އަދާލަތު ޕާޓީއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައި ނުވާއިރު ޕީޕީއެމް އަދި ޕީއެންސީއަށް ވެސް މާ ބައިވަރު ގޮނޑިއެއް ކާމިޔާބެއް ނުކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.