ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް ޖުމްހުރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިއްޔެ ބޭއްވި އިންތިހާބުގައި ތ.ތިމަރަފުށި ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި، އަބްދުﷲ ރިޔާޒް މަރުހަބާ ވިދާޅުވެއްޖެއެވެ.

އަބްދުﷲ ރިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދާއިރާތަކުގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީން ހޯއްދެވި ކާމިޔާބީއަށް  އެމްޑީޕީއަށްވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަބްދުﷲ ރިޔާޒްގެ ޓުވީޓްގައި، ހާއްސަކޮށް ރައީސް އިބްރާހިމް ޞާލިހަށާއި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ އަކާއެކު 64 ދާއިރާއެއްގެ ގޮނޑި ކަމިޔާބު ކުރައްވާފައިވާ ކަމަށް މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކައެވެ. އެމްޑީޕީން އެހޯއްދެވި ކާމިޔާބީ ވެގެންދަނީ އެމްޑީޕީގެ ތާރީޚްގައި އަލަށް މަޖިލިސް އިންތިހާބުގައި އެކަހަލަ ބޮޑު ކާމިޔާބިއެއް ހޯއްދެވި ފަހަރަށެވެ. މި ކާމިޔާބީ ވެގެން ދަނީ އެމްޑީޕީއަށް ވަރަށް ތާރިޚީ ކާމިޔާބީ އަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.