އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން އެމްޑީޕީއަަށް ބޮޑު އަޣުލަބިއްޔަތެއް ލިބުނު ނަމަވެސް ސަރުކާރުގެ ކޯލިޝަން އަށް އެެއްވެސް ވަރެއްގެ ހީނަރުކަމެއް ނަ އަންނާނެކަމަށް ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިކަން ހާމަކުރައްވާ ރައީސް ޞާލިޙް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އިންތިހާބުން ބޮޑު ކާމިޔާބީއެއް ލިބިވަޑައިގަތީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގެ ހުރިހާ ކަމެއް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަމާންކަމާއި އެކު ކުރިޔަށް ދިޔުމަކީވެސް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.  

"އަޅުގަނޑު (ސަރުކާރު ކޯލިޝަންގެ) ލީޑަރުންނާ އެކުގައި ދެމިހުރެ، ރައްޔިތުންނަށް ކޮށްދޭން ބުނި ކަންކަން ފުރިހަމަކޮށްދިނުމަށް މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެ ވެރިކަމުގައި ރައްޔިތުންނަށް ދިިން ގެއްލުންތަކާ ދެކޮޅަށް ނުކުމެ، ކާމިޔާބު ހޯދި ކޯލިޝަންގެ ޕާޓީތަކުގެ ލީޑަރުންގެ މަތިން ހަނދާނެއް ނުނެތޭނެ ކަމަށް ވެސް ރައިސްގެ އެބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. ލީޑަރުންނާ އެކު އަދިވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ރައްޔިތުންނަށް ފުރިހަމަކޮށްދިނުމަށް ކަންކަން ކުރި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދައުލަތުގެ މުއައްސަސާތައް ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ހިންގުމުގައި އަދިވެސް ގޮންޖެހުންތައް ހުރި ކަމަށެވެ. އަދި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ހުރި ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މަޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް 68 ގޮނޑި ލިބެ އެވެ. މިއީ މަޖިލީހުގެ ތާރީޚުގައި މިހާ ގިނަ އަދަދެއްގެ ގޮނޑި އެއް ޕާޓީއަކުން ނެގި ފުރަތަމަ ފަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.