އަންހެނުންގެ ފަރާތުން އަބަދުވެސް އިވޭ އެއް އަޑަކީ އެމީހުންގެ ފިރިން އެމީހުންނަށް ވަގުތު ނުދޭ ވާހަކައާއި ކޮންމެވެސް ގޮތަކުން އެމީހުން ދެރަކޮށް ބާކީ ކޮށްލާ ވާހަކައެވެ. 

އަނބިމީހާ ރުއްސުމަށް ފިރިންނަށް ކުރެވިދާނެ އެއް ކަމަކީ އަނބިންނަށް ތަފާތު ވައްތަރުގެ މާ ދިނުމެވެ. މަލަކީ އަންހެނުން ވަރަށް ދޯޅަވާ އެއްޗެކެވެ. އަދި މާ ދިނުމުގެ ސަބަބުން އެމީހުންގެ ހިތުގައި ފިރިންނަށްޓަކައި ލޯބި އިތުރު ވެދެއެވެ. 

ފިނިފެންމަލާއި، ސަންފްލާވަރ އަދި ލިލީ ފަދަ މާތަކަކީ އަންހެނުންނަށް ވަރަށް ކަމުދާ ރީތި މާތަކެކެވެ. އެހެންކަމުން އެމީހުންނަށް އެފަދަ މަލެއް ދީފިނަމަ އިސާހިތަކު ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ހަނދާންނެތި، މޮޅިވެރިކަން ފިލައިދާނެއެވެ. ލޯބީގެ ގުޅުމަކަށް ހީނަރު އަރައިފިނަމަ، މާތަކުގެ ތެރެއިންވެސް އަންހެނަކަށް ދިނުން އެންމެ ރަނގަޅީ ފިނިފެންމަލެވެ. 

މަލެއް ދިނުމުން އަންހެނެއްގެ މޫނުމަތިން ފެނިގެންދާ ހިނިތުންވުމަކީ ވަރަށް މަދުން ނޫނީ ނުފެންނާނެ ފަދަ ފުރިހަމަ ހިނިތުންވުމެކެވެ. ސަބަބަކީ މާ ލިބުމަކީ ސްޓްރެސް ފިލުވައިދޭ ކަމެކެވެ. ބައެއް ރީސާޗުތަކުންވެސް މިކަން ވަނީ ސާބިތުވެފައެވެ. 

އަނބިމީހާ ރުޅިގަދަވެ ތިމާދެކެ ފޫހިވާނަމަ ކުރުން އެންމެ ރަނގަޅު އެއްކަމަކަށް އަނބިމީހާއަށް މަލެއް ދިނުމެވެ. އޭރުން ދެމެފިރިންގެ މެދުގައި ލޯބި އިރުވެދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.