ނަވާރަ ވަނަ ރައްޔިތުން މަޖިލީހަށް އަދާލަތް ޕާޓީއިން މިސްރާބު ޖެހީ، ނުވަ ދާއިރާއަކަށް ކުރިމަތިލާން ނިންމައިގެންނެވެ. އެންމެ ފުރަތަމަ ތޭރަ ދާއިރާއަކަށް ކުރިމަތިލައްވަން ނިންމި ކަމުގައި ވިނަމަވެސް ފަހުންވަނީ އެކަން ބަދަލުކޮށްފައެވެ. އެމްޑީޕީއާއި އަދާލަތް ގުޅިގެން ކޯލިޝަންއެއް ގޮތަށް މަސައްކަތް ކުރަން ނިންމައި އެމްޑީޕީގެ ތާއިދާއި އެކު ކުރިޔަށް ދިޔައީ ސަރުކާރަށް ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރުމުގެ އުންމިީދުގައެވެ

އަދާލަތު ޕާޓީގެ ފަރާތުން މަކުނުދޫ ދާއިރާއަށް ކުރިމަތިލެއްވި އަނާރާ ނައީމްގެ ކެމްޕެއިން ޖަލްސާގައި މަކުނުދޫގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވަނީ އަދާލަތް ޕާޓީއިން މަޖިލީހަށް ކުރިމަތިލާފައިވާނީ އިޚުލާސްތެރި ނަޒާހަތްތެރި އަދި ހަމައެހެންމެ ފަސްބައި ސާފު ކެންޑިޑޭޓުންތަކެއް ކަމަށް ވިދަޅުވެފައެވެ.

މި ހުރިހާ ކަމެއް މިހެން އޮތް އިރު އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުން ފެނިގެންދިޔައީ އަދާލަތް ޕާޓީން ވާދަކުރެއްވި ހުރިހާ ކެންޑިޑޭތުން އިންތިހާބުން ބަލިވެގެންދިޔަތަނެވެ. 

އަދާލަތް ޕާޓީން މަޖިލީހަށް ވާދަކުރެެއްވި ދާއިރާތަކަށް ބަލާއިރު ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، ގައްދޫ ދާއިރާ، ކާށިދޫ ދާއިރާގެ އިތުރުން މުލަކު ދާއިރާއިން ކުރި ހޯދީ އެމްޑީޕީ އެވެ. އަދި އެމްޑީޕީން ތާއީދު ކުރި، މަހިބަދޫ ދާއިރާ އާއި ނިލަންދޫ ދާއިރާގެ އަދާލަތު ޕާޓީގެ ކެންޑިޑޭޓުންނަށް ވެސް އިންތިހާބުގައި ކުރިއެއް ނުހޯދުނެވެ.

އެ ގޮތުން އެންމެ ފާހަނގަކޮށްލެވޭ އެއް މެމްބަރަކީ މަކުނުދޫ ދާއިރާ ތަމްސީލް ކުރެއްވި އަނާރާ ނައީމްއެވެ. މިހާރު މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރައްވަމުން ގެންދަވާ ހަމައެކަނި މެމްބަރަކީވެސް އަނާރާއެވެ. އަނާރާގެ މައްޗަށް ކުރި ހޯއްދެވީ، އެމްޑީޕީން އެ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓު މުހައްމަދު ރާއީ އެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި އެ ދާއިރާއިން އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވީ ވެސް އަނާރާ އަށެވެ. 

އަނާރާ ނައީމް ގެ ކެމްޕެއިން ތަކުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ސަރުކާރުގައި އެ ޕާޓީ ތަމްސީލު ކުރާ އެހެން މިނިސްޓަރުން ވެސް އެ ދާއިރާގެ ރަށްރަށަށް ވަޑައިގެން އަނާރާ އަށް ކެމްޕޭން ކޮށްދީފައިވެއެވެ.

މި ނިިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ބައެއް ދާއިރާތައް އެމްޑީޕީއިން އަދާދަލަތައް "ދޫދިން" ކަމުގައި  ހީވި ވިނަމަވެސް މި ފެނިގެންދިޔައީ، އެއްވެސް ކޮޅަކުން ކާމިޔާބު ނުވެ އަދާލަތް ފެއިލްވެގެން ދިޔަތަނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.