ގދ.ތިނަދޫގައި އޮތް ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިއަދު ހަވީރު މަލެ ގެންނަނީއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ވިދާޅުވީ، ގދ.ތިނަދޫގެ، ޑރ.އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އޮތް ހާލު ބޮޑު ބަލިމީހަކު މިއަދު ހަވީރު ފަހެއް ޖަހާއިރު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް މައުލޫމާތު ދެމުން ވިދާޅުވީ، ތިނަދޫއިން ބަލި މީހާ ގުވައިގެން އަންނަ ހެލިކޮޕްޓަރު ޖެއްސުމަށް ހަމަޖެހިފައިވަނީ، އުސްފަސްގަނޑު ސަރަހައްދަށް ކަމަށެވެ.
އެމްއެންޑީއެފުން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކުގައި އެޑްމިޓް ކޮށްފައި ތިބި، އިތުރު ފަރުވާއަށް ބޭނުންވާ ބަލި މީހުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައެވެ.