ރާއްޖޭގެ ފިލްމީ ދާއިރާގައި ކުރިން ތަފާތު ފިލުމްތައް ކުޅެ ބެލުންތެރިންގެ ލޯބި ހޯދާފައިވާ، ފިލްމީތަރި މުހައްމަދު އަފްރާހް ހުސެން ނިޔާވެއްޖެއެވެ.

މަަައުލޫމާތު ލިބިފައިވާ ގޮތުގައި އަފްރާހް ނިޔާވިއިރު، އޭނާ ދިޔައީ ބޮޑު ބައްޔަކަށް ފަރުވާކުރަމުންނެއްވެސް ނޫނެވެ. ބައެއް މީޑިއާތަކާއި ހަވާލާދީ އަފްރާހުގެ އާއިލާއިން ބުނެފައިވާ ގޮތުގައި، އަފްރާހް ނިޔާވެފައިވަނީ ކުއްލި ގޮތަކަށެވެ. އަފްރާހުގެ އާއިލާއިން އިތުރަށް ބުނީ، އަފްރާހް ނިޔާވެފައިވާކަން އެނގުނީ ރޭގައި ނިދަން ވަންގޮތަށް، ހެނދުނު ނުހޭލައިގެން ބެލުމުން ކަމަށެވެ.

ކުރީގެ ފިލްމީ ތަރި މުހައްމަދު އަފްރާހް ހުސެން ނިޔާވެފައިވަނީ އުމުރުން 45 އަހަރުގައެވެ. އަފްރާހަކީ ތ.ތިމަރަފުއްޓަށް އުފަން މީހެކެވެ. އަފްރާހް ވަނީ ފިލުމް ކުޅުމުގެ އިތުރުން ފިލުމް ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ވެސް ކުރައްވާފައެވެ. މުހައްމަދު އަފްރާހު ހުސޭނަކީ، 90ގެ އަހަރުތަކާއި 2000 ގެ އަހަރުތަކުގައި ބެލުންތެރިންގެ ލޯތްބާއި ސްޕޯޓް ވަރަށް ބޮޑަށް ހޯއްދަވާފައެވެ.

މުހައްމަދު އަފްރާހުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށް ފަހު ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.