ދިވެހި ރާއްޖޭގެ ހާއްސަ އިޤްތިސާދީ ކަނޑުގެ ސަރަހައްދު ބެލުމަށް އޮޕަރޭޝަނެއް ހިންގުމަށް ނިންމައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްއިން ވިދާޅުވީ، ރާއްޖޭގެ ހާއްސަ އިޤްތިސާދީ ކަނޑުގެ ސަރަހައްދު ބެލުމަށް އޮޕަރޭޝަނެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނު ހިންގުމަށް ހަމަޖެހިފައިވަނީ، އެމްއެންޑީއެފްގެ ކޯސްޓްގާާޑާއި، އިންޑިއަން ނެވީ އާއި ގުޅިގެން ކަމަށްވެސް އެމްއެންޑީއެފްގެ ފަރާތުން ބުނެފައިވެއެވެ. 

އެމްއެންޑީއެފްގެ ފަރާތުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދު ބެލުމަށް ހިންގަން ހަމަޖެހިފައިވާ އޮޕަރޭޝަނު ފެށުމަށް ހަމަޖެހިފައިވަނީ، މިމަހުގެ އަށްވަނަ ދުވަހު ކަމަށެވެ. އަދި މި އޮޕަރޭޝަން ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. ރާއްޖޭގެ ހާއްސަ އިޤްތިސާދީ ކަނޑުގެ ސަރަހައްދު ބެލުމަށް ހިންގަން ހަމަޖެހިފައިވާ އެ އޮޕަރޭޝަން ނިންމާލަން ހަމަޖެހިފައިވަނީ، މިމަހުގެ 12 ވަނަ ދުވަހެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއަން ނެވީ ގުޅިގެން ކުރިންވެސް ވަނީ ރާއްޖޭގެ ހާއްސަ ކަނޑުގެ ސަރަހައްދު ބެލުމަށް ވަރަށް ހާއްސަ އޮޕްރޭޝަންތަކެއް ހިންގައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.