އިއްޔެ ބޭއްވިގެންދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގައި ނަތީޖާތައް ލިބިފައިވާ ގޮތަށް އިޙުތިރާމްކުރުމާށާއި، ގައުމުގެ މަސަލަހަތު ގެއްލިގެންދާނެ ގޮތަކަށް އެއްވެސް ފަރާތެއް އަމަލު ނުކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް(އެޗް.އާރ.ސީއެމް) އިން އިލްތިމާސްކޮށްފިއެވެ. 

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް ނެރެން ފެށުމާއި އެކު އެޗް.އާރ.ސީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިއްޔެގެ އިންތިހާބަކީ ޤާނޫނު އަސާސީ އާއި އިންތިހާބާއި ބެހޭ ޤާނޫނާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާން ކޮށްފައިވާ ފަދައިން މިނިވަން އިންސާފުވެރި އިންތިހާބެއްކަން ކަށަވަރުކުރުމަށްޓަކައި އެކޮމިޝަނުން ވޯޓުލުން ކުރިއަށް ގެންދިޔަ 20 ސަރަހަދެއްގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މީގެ އިތުރުން އިންތިހާބު ކުރިޔަށް ދިޔައިރު އެ ކޮމިޝަންއަށް ހުށަހެޅުނު މައްސަލަތައް އިލެކްޝަންސް ކޮމިޝަންއާއި ގުޅިގެން ހައްލުކޮށްފައިވާކަން ފާހަގަކުރައްވައި، އެ ބަޔާނުގައިވަނީ މިފަހަރު މަޖިލިސް އިންތިހާބަކީ އެހެން ފަހަރުތަކާއި އަޅާބަލާއިރު އަމާންކަމާއި އެކު ކުރިޔަށްދިޔަ އިންތިހާބެއް ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.