އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުން ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންގެ މަޖިލިސް ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަ މޭ މަހުގެ 28 ވަނަ ދުުވަހު ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ނިންމައިފިއެވެ.

މަޖިލިސްގެ އާންމު ގަވާއިދުގައި ވާގޮތުން މި މަސް ނިމުމާއިއެކު، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެ އެވެ. އަދި މިދިޔަ ފަސް ދައުރުގައި މަޖިލިސްގައި މެމްބަރުކަން ކުރެއްވި ފަރާތްތަކުގެ ދައުރުވެސް ހަމަވެގެންދާނެއެވެ. އަދި އޭގެ ފަހުން ޖޫން މަހުގައި މަޖިލިސް ފެށޭނީ އަލަށް މަޖިލީހަށް އިންތިހާބުކުރެވޭ ފަރާތްތަކާއި އެއްކޮށެވެ.  

އާ ދައުރަށް މެމްބަރުން އިންތިހާބުކުރަން އިއްޔެ ބޭއްވުނު މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބިފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. އެއީ މަޖިލީހުގައި ޖުމްލަ 87 ދާއިރާއަށް މެމްބަރުން އިންތިހާބު ކުރިއިރު އެތަނުން 67 ދާއިރާއަކަށް އިންތިހާބު ވެފައިވަނީ އެމްޑީޕީ ކެންޑިޑޭޓުންނެވެ. 

ހަމައެހެންމެ މީގެ ކުރިން މަޖިލިސްގައި ދާއިރާތަށް ތަމްސީލް ކުރަމުންދާ އެތަށް ކެންޑިޓޭޓުން ވަނީ މިފަހަރުގެ އިންތިހާބުން ބަލިވެފައެވެ. އެ ގޮތުން ވިލިމާލޭގެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.