ވެރިކަމަށް އައި ގޮތް އަދިވެސް ހަނދާން އެބަހުރި ކަމަށާއި، މިއަދުވެސް މިހުރީ އެ ޓީމާއި އެކު މަސައްކަތް ކޮށް، ކުރިޔަށްދާން ތައްޔާރަށް ކަމުގައި ރައިސުލްޖުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީފާހަގަކުރުމަށް އަޑިޕާކް ސަަރަހައްދުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވުން ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނު ވެރިކަމަށް ގެނައީ އެއްވެސް ފަރާތެއް ބާކީ ނުކޮށް ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ކަންތައް ކުރުމުގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމް އެންމެން އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި މިއީ ޤައުމުގެ އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި، ރައްޔިތުން އެދޭފަަދައިން އަދުލު އިންސާފު މި ގައުމުގައި ތަންފީޒު ކުރައްވާނެ ކަމަށެވެ. އެގޮތުގެ މަތިން ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހިންގާފައިވާ އެކި ކޮރަޕްޝަން ހިމެނޭ މައްސަލަތައް ބެލުމަށް ހައްދަވާފައިވާ ކޮމިޝަނުން މި މަޖިލީހުގައި މަސައްކަތްކުރާތަން ފެނިގެންދާނެކަމަުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.  

ރައްޔިތުން މަޖިލިސް އިންތިހާބުގެ މިހާތަނަށް 67 ގޮނޑިއާއި އެކު، ކުރީގައި އުޅެނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.