އުރީދޫ ކަލަރ ރަން މިއަހަރު އައްޑޫސިޓީ ގައިވެސް ބާއްވަން ނިންމައިފި އެވެ.
އުރީދޫ އާއި ޔޫތު މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވީ އުރީދޫ ކަލާރ ރަން އައްޑޫ ސިޓީގައި ބާއްވާނީ އަންނަ ޖޫންމަހުގެ 21 ވަނަ ދުވަހު ކަމަށެވެ.
"ކަލާ ރަން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެންދިޔުމަށް ކުރާ މަސައްކަތުގެ ދަށުން މި ދުވުން މާލެއިން ބޭރުގައި އެންމެ ފުރަތަމަ މި ބާއްވަނީ އައްޑޫ ސިޓީގައި،" ނަޖީބް ހާން ވިދާޅުވި އެވެ.
ނަޖީބް ހާން ވިދާޅުވީ، އެ ދުވުމުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ އިތުރުން އެހެން ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޒުވާނުންގެ މިނިސްޓަރު، އަހުމަދު މަހުލޫފު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ކަމެއް މާލޭގައި ކުރުމުގެ އަތޮޅުތެރޭގައިވެސް ކަންކަން ރާވާ ހިންގުމަށް ކަމަށެވެ.
އުރީދޫން ހާމަ ކުރާ ގޮތުގައި ކަލަރ ރަންގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެއެވެ.