ރައްޔިތުން މަޖިލީހުގައި ދެ ދައުރު ފުރިހަމަ ކޮށްފައިވާ ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ތިންވަނަ ދައުރަކަށް ނުހޮވި ފެއިލްވެއްޖެއެވެ. މީގެ ކުރިން ވިލިމާލެ ދާއިރާއަށް ކުރިމަތިލައި ދެ ދައުރު ފުރިހަމަ ކުރެއްވި ނިހާން މިފަހަރުގެ އިންތިހާބުގައި ވާދަކޮށްފައިވަނީ އޭނާ ގެ އުފަން ރަށް ތިނަދޫ ދެކުނު ދާއިރާއަށެވެ.
ނިހާން އާއި ވާދަކޮށް އެދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސަނީފްއެވެ. ތިިނަދޫ ދެކުނު ދާއިރާގެ އާބާދީގެ 3603 މީހުންގެ ތެރެއިން ވޯޓްލުމުގެ ހައްގު ލިބިފައިވަނީ 2528 މީހުންނަށެވެ.
ނިހާން އިންތިހާބުން ބަލިވެވަޑައިގަތުމުން އޭނާ ވަނީ ބަލި ޤަބޫލުކުރައްވާ ސަނީފްއަށް މަރުހަބާ ދަންނަވާފައެވެ.